ރިމޯޓް ލާރނިންގއަށް ވަރަށް ބޮޑު އިސްކަމެއްދީ، ރާއްޖޭގެ ފަސް ސަރަހައްދެއްގައި މިނީ ސްޓޯޑިއޯ ހުޅުވަން ނިންމާފައިވާ ކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިނީ ސްޓޯޑިއޯތައް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާނެ ކަމަށާއި، އެ ސްޓީޑިއޯގެ ސަބަބުން މުދައްރިސުންނަށް ކިޔެވުމަށް ބޭނުން ކުރާނެ މެޓީރިއަލް ތައްުޔާރުކުރަން މަގުފަހިވެގެންދާނެ ކަމަށެވެ.
" ރިމޯޓް ލަރނިންގއަށް ފަހި މާހައުލެއް ސްކޫލްތަކުގައި ގާއިމް ކުރުމަކީ އެއީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައިވެސް ކަނޑައަޅާފައި އޮތް އެކަންތައް އެއީ މިފަދަ މާހައުލެއް ގާއިމް ކުރުމަކީ. އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް އެބަކުރެވޭ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިނީސްޓޫޑިއޯތަކުން ކިޔަވައިދޭން ބޭނުންވާ އޮންލައިން ކޮންޓެންޓް ތައްޔާރުކުރުމަށް ބޭނުންވާ ވަޞީލަތްތައް މުދައްރިސުންނަށް ލިބިގެންދާނެ ކަމަށެވެ.
advertisment
ހިޔާލު