މޮނިޓަރިންގައި އޮތް ރަށްތަކުގެ ދަރިވަރުންނަށް ދޭނީ ޓީޗަރ ބޭސްޓް އެސެސްމެންޓެއް: އެޑިއުކޭޝަން

އަހަރުގެ ފަހު އިމްތިޙާނުގެ ގޮތުގައި މޮނިޓަރިންގެ ހުރި ރަށްރަށުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ދޭނީ ޓީޗަރ ބޭސްޓް އެސެސްމެންޓެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލަށް ދެވޭ ރަށްރަށުގައި ޓެސްޓް ދިން ނަމަވެސް މާލެއާއެކު މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތް 72 ރަށިގެ ކުދިންނަށް ދޭނީ ޓީޗަރ ބޭސްޓް އެސެސްމެންޓެއް ކަމަށާއި، އެ ޓެސްޓް ދޭނީ އެސެސްމެންޓް އެކްޓިވިޓީ މެދުވެރިކޮށް ކަމަށެވެ. އަދި އެގޮތަށް ޓެސްޓް ކުރަނީވެސް ކީ ސްޓޭޖް 3އާއި4 ހިމެނޭ ގުރޭޑް ހަތަކުން މަތީގެ ގުރޭޑް ތަކުގެ ދަރިވަރުންނަށެވެ.

" އެސެސްމަންޓް ދިނުމުގެ ބޭނުމަކީ ދަރިވަރުގެ ފެންވަރު މިހާރު ހުރިވަރު ދެނެގަނެ އަންނަ އަހަރު އެކުއްޖަކަށް ބޭނުންވާ ސަޕޯޓް ފޯރުކޮށްދޭން" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓީންގައި ތިބި ދަރިވަރުންނަށް ޓެސްޓް ހެދުމުގެ ފުރުޞަތު ނުދެނީ ސުކޫލުގެ އިމްތިހާނެއްގައި އެ ރިސްކު ނަގައިގެން ކުދިން ބައިވެރިކުރަން ބޭނުން ނުވާތީ ކަމަށެވެ.

" ބަލިޖެހިފައި ތިބި ކުދިންތަކެއް އެހެން ކުދިންނާ އެއްކޮށް ސުކޫލަށް ގެނައުމަކީ ވަރަށް ރިސްކީ ކަމެއް. އެހާ ރިސްކީ ކަމެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެ ޗާންސް ނަގާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ތަފާތު އެރޭންޖްމަންޓެއްގެ ދަށޫން އޭލެވެލްއާއި އޯލެވެލް އިމްތިޙާނުގައި، ކޮވިޑަށް ޕޮޒިޓިވް ވެފަައިވާ ދަރިވަރުން ބައިވެރިކުރަނީ އެއީ ބޭރުގެ އިމްތިހާނުތަކަކަށް ވެފައި އަދި ކުދިން ފިއުޗާއަށް ވަރަށް މުހިންމު އިމްތިހާނުތަކެއް ވާތީއެވެ.

އޯލެވެލްއާއި އޭލެވެލްގައި ބައިވެރިވާ ދަރިވަރަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެނަމަ އެ ދަރިވަރުން ވަކި ހޯލަކަށް ގެންގޮސްގެން އެ ކުދިން އިމްތިހާނުތަކުގައި ދަނީ ބައިވެރިކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *