ޓީޗާރސް ބޭސްޓް އެސެސްމަންޓް ހަދަން އެދުނީ 74 ދަރިވަރުން: އެޑިއުކޭޝަން

ޓީޗާރސް ބޭސްޓް އެސެސްމަންޓް ހަދަން އެދުނީ 74 ދަރިވަރުން: އެޑިއުކޭޝަން

ޕޭޕަރުތައް ލީކުވުމާ ގުޅިގެން ރާއްޖެއިން އެ އިމްތިޙާން ކެންސަލްކުރުމުން، ޓީޗާރސް ބޭސްޓް އެސެސްމަންޓް ހަދަން 74 ދަރިވަރުން އެދިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް އެގްޒަމިނޭޝަން ހިންގުމާ ހަވާލުވެހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބް މުހައްމަދު އިހުސާން މިއަދު ވިދާޅުވީ އިމްތިޙާން ކެންސަލް ކުރުމުން ގިނަ ކުދިން ބޭނުންވީ އަންނަ އޮކްޓޯބަރު/ ނޮވެމްބަރުމަހު ބާއްވާ އިމްތިޙާން ހަދަން ކަމަށެވެ. ޓީޗާރސް ބޭސްޓް އެސެސްމަންޓް ހަދަން، އެދިފައިވާ ސާދަ ސްކޫލަކަށް ނިސްބަތްވާ ދަރިވަރުންނަށް ފެންވަރު ވަޒަން ކުރަން އެސެސްމަންޓް ދޭނީ އެ ސްކޫލެއްގެ މުދައްރިސުން ކަމަށާއި، އެ ސްކޫލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންދާއިރު، އެ މިނިސްޓްރީއާއި އެޑެކްސްގެ ޓީމަކުން މޮނިޓާކުރަމުން ގެންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

" އަންނަ މަހުގެ ހަ ވަނަ ދުވަހާހަމައަށް މި އެސެސްމެންޓްތައް ކުރިއަށް ގެންދާނެ. އެ ސްކޫލެއްގެ މުދައްރިސުން މި މަސައްކަތް ކުރިއަށް ގެންދާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމަކުން އެ މަސައްކަތް މޮނީޓަރ ކުރަމުންދާނެ. އަދި ވަރޗުއަލްކޮށް އެޑެކްސްއިން ވެސް ބަލަލުން ގެންދާނެ" އިހުސާން ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *