ކުޅުދުއްފުށީގައި ހިންގަމުން އައި އަމީރު އަމީން ސްކޫލްގެ ޚިދުމަތް އަލުން ފަށަން ނިންމައި، އެ ސްކޫލް ހިންގަން ބަޔަކާ ހަވާލުކުރަން ސިޓީކައުންސިލުން ނިންމައިފިއެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރިން ހިންގަމުންއައި އެ ސްކޫލް ހުއްޓާލީ މާލީގޮތުން އެއީ ކައުންސިލަށް އުފުލޭ ބުރައަކަށް ނުވާތީއެވެ. ކުޅުދުއްފުށީ ސިޓީއަކަށް ބަދަލުވެ، ފުރަތަމަ ފަހަރަށް ހޮވި ސިޓީކައުންސިލްގެ މެމްބަރުން ބުދަދުވަހު ބޭއްވި ބައްދަލުވުމުގައި ވަނީ އަމީރު އަމީން ސްކޫލް ހުއްޓާލަން ޖެހުމުން އެ ރަށުގެ ރައްޔިތުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާތީ، އެ ސްކޫލްގެ ޚިދުމަތް އަލުން ފަށަން ނިންމާފައެވެ. ކައުންސިލަރުންގެ އިއްތިފާގުން ނިންމާފައި ވަނީ އެ ސްކޫލް ހިންގައިދޭނެ ފަރާތަކަށް އެތަން ވިހި އަހަރަށް ކުއްޔަށް ދޭށެވެ.
ސްކޫލް ހިންގަން ބަޔަކާހަވާލުކުރާއިރު، އެތަން ހިންގާ ފަރާތަށް އެތަން ބޭނުންކޮށްގެންގެން މާލީ ފަންފާ ހޯދޭނެ އިތުރުކަންތައްތަކަށް ފުރުޞަތު ދިނުމާއި، ދަރިވަރުންގެ އަތުން ކުރިން ނެގި ފީ ބޮޑުނުވާނެ ގޮތަކަށް އިންތިޒާމް ހަމަޖައްސަން ވެސް ކުޅުދުއްފުށީ ސިޓީކައުންސިލުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އަމީރު އަމީން ސްކޫލް ބަންދުކުރިއިރު، އެތަނުގައި 322 ދަރިވަރަކު ކިޔަވަމުން ގެންދިޔައެވެ.
advertisment
ހިޔާލު