ސެޓްލައިޓް ސްކޫލްގެ ގޮތުގައި ރަކީދޫ ސްކޫލާއި ތިނަދޫ ސްކޫލް ތަރައްޤީކުރަނީ

ސެޓްލައިޓް ސްކޫލްގެ ގޮތުގައި ރަކީދޫ ސްކޫލާއި ތިނަދޫ ސްކޫލް ތަރައްޤީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަން އެއްބަސްވެފައި ވަނީ 2.8 މިލިއަން ރުފިޔާއަށެވެ.

ވ.ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރީ ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުން ފުނިން އެ މަސައްކަތް ކުރަން އެއްބަސްވެފައި ވަނީ 1.3 މިލިއަން ރުފިޔާއަށެވެ.
ސެޓްލައިޓް ސްކޫލް ތައާރަފުކޮށް، އެ ސްކޫލްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދަން ދާދި ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

ސެޓްލައިޓް ސްކޫލްގެ ގޮތުގައި މި ދެ ސްކޫލް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް ފޮރ އެޑިޔުކޭޝަން އަހުމަދު ރިޔާޒެވެ. އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ހަސަން މުހައްމަދު ތަވީލެވެ. ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އަމީން އިބްރާހީމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *