އިންޓަރނެޓްގެ އަގަށް ގެނައި ބަދަލުގެ ފައިދާ ދަރިވަރުންނާއި މުދައްރިސުންނަށް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
އިންޓަރނެޓްގެ އަގަށް ސަރުކާރުން ގެނައި ބަދަލު މިއަދު ހާމަކޮށްފައިވާއިރު، މިނިސްޓަރު ޑރ އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަރނެޓްގެ އަގަށާއި، ސްޕީޑަށް ގެނައި ބަދަލާއެކު އޮންލައިން މެދުވެރިކޮށް ކުރިއަށް ގެންދާ ކްލާސްތަކަށް ބުރޫނާރާ، ދަރިވަރުންނާ މުދައްރިސުންނަށް މިހާރަށްވުރެ މާ ރަނގަޅަށް މުއާމަލާތު ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮވިޑްގެ މި ހާލަތުގައި ހުރިހާ ކުދިންވެސް އިންޓަރނެޓް މެދުވެރިކޮށް ކިޔެވުމަށް ބަރޯސާވެފައިވާއިރު، ކުރިއަށް އޮތް ތަނުގައިވެސް އަގަށް އަންނާނެ ބަދަލުތައް ބަލަން ބޭނުންވާ ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓްގައި ފާހަގަކުރައްވާފައިވެއެވެ.
ހާލަތަށް ބަލައި، އުރީދޫއާއި ދިރާގުން އައީ ދަރިވަރުންނަށް ހިލޭ ޑާޓާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދެމުންނެވެ. ދުނިޔޭގެ ނިސްބަތުންވެސް އިންޓަރނެޓްގެ އަގު ރާއްޖޭގައި ބޮޑުވުމުން އެކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ އެއްބަޔަކީ ކިޔަވާ ކުދިންނެވެ. އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ދެ ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް، ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ގޭގެއަށް އިންޓަނެޓްގެ ޚިދުމަތް އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، އަދި ޕެކޭޖުތަކުގެ ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް އަންނަ ޖުލައިމަހުން ފެށިގެން ސްޕީޑް ލިބޭނެއެވެ. މިއާއެކު ނެޝަނަލް މިނިމަމް ބްރޯޑްބޭންޑް ސްޕީޑް ނުވަތަ އިންޓަނެޓް ސްޕީޑް އެންމެ ދަށްކޮށް ދެވޭނެ ވަރަކީ 2 އެމްބީޕީއެސް ކަމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ަ
advertisment
ހިޔާލު