ރީޑިންގ މެޓީރިއަލް އުފެއްދުމުގެ ޚާއްޞަ މަސައްކަތު ބައްދަލުވުމެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ.
ރާއްޖޭގެ ހުރިހާ ސްކޫލް ތަކަށް ފުރުޞަތު ދެވިގެން ކުރިޔަށްގެންދާ މި މުހިންމު މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ، ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންގެ ހިތްތަކުގައި ކިޔުމުގެ ޝައުޤު އުފެދޭފަދަ ފުރިހަމަ ރީޑިންގ މެޓީރިއަލް ތައްޔާރު ކޮށް ދަރިވަރުންނަށް ފޯރުކޮށްދިނުމުމެވެ.
މިހިނގާ މެއި މަހުގެ 23 އިން 31 އަށް ކުރިޔަށްދާ މި މަސައްކަތު ބައްދަލު ވުމުގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުންނާ، އެން،އައި،އީގެ ފަންނީ ޤާބިލު ބޭފުޅުންނެވެ. މި ގޮތުން ބައިވެރިންނަށް ފޯރުކޮށްދޭ މަޢުލޫމާތުގެ ބިނާ ކުރެވިފައިވަނީ، މިފަދަ ބަހުގެ އުފެއްދުމެއްގައި ހުންނަންޖެހޭ ބަހުގެ އަދަބާ، ޘަޤާފަތާ، ރީތި ހަމަތަކަށް ފެތޭ ފެންވަރާ އޮއްޓަރު ހުރި އުފެއްދުމެއް އުފެއްދުމުގައި ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދަކުން ޖުމުލަ 1983 ޓީޗަރުން ބައިވެރިވާ މިމަސައްކަތު ބައްދަލުވުން ކުރިޔަށްގެންދަނީ، މިވަގުތުގެ ޚާއްޞަ ޙާލަތަށް ފުރިހަމައަށް އިޙުތިރާމް ކުރުމާއެކު، އެޗް،ޕީ،އޭގެ މިންގަނޑު ތަކާ އެއްގޮތަށް ބައިވެރިން 8 ބަޔަށް ބަހާލައިގެން އޮންލައިން ކޮށެވެ.
ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ މި މަސައްކަތު ބައްދަލުވުން އެންމެހާ ކަންކަން އިންތިޒާމު ކުރަނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ.
advertisment
ހިޔާލު