އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް: ޖަމާލުއްދީނާއި އަމީނިއްޔާ ކަލާފާނާއި ޞަލާހުއްދީނަށް ފުރަތަމަ މެޗުން މޮޅުވެއްޖެ

25 ވަނަ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް އިއްޔެ ވަނީ ފަށާފައެވެ. މި މުބާރާތް ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުޙައްމަދެވެ.

މި މުބާރާތުގައި 17 ސްކޫލަކުން 43 ޓީމެއް ވާދަކުރެއެވެ. މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރު ފުރައަކަށެވެ.

މުބާރާތް ފެށުމުގެ ގޮތުން 15 އަހަރުން ދަށުގެ އުމުރު ފުރައިގައި އިމާދުއްދީނާއި ޖަމާލުއްދީން ކުޅުނު މެޗް 22-11 ން މޮޅުވީ ޖަމާލުއްދީނެވެ. މޮޅު ކުޅުންތެރިޔަކީ ޖަމާލުއްދީނުގެ ޒުބީ އަޙްމަދު ސައުދެވެ. 13 އަހަރުން ދަށުގެ ދެވަނަ މެޗްގައި ތާޖުއްދީނާ މައްޗަށް އަމީނިއްޔާއިން ކުރި ހޯދީ 15-21 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ އަމީނިއްޔާގެ ކެޕްޓަން ފާތިމަތު މައިޝާ ޝިޔާޒެވެ.

13 އަހަރުން ދަށުގެ އުމުރު ފުރައިގެ ފުރަތަމަ މެޗްގައި ކަލާފާނު މޮޅުވީ ތާޖުއްދީނާ ކުޅެ 11-6 ގެ ތަފާތަކުން ނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ކަލާފާނުގެ އާމިނަތު އަލްޔާ ލަތީފެވެ. މި އުމުރު ފުރައިގެ ދެ ވަނަ މެޗްގައި ރެހެންދި ސްކޫލާ ކުޅެ ޞަލާޙުއްދީން މޮޅުވީ 28-11ންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޞަލާޙުއްދީންގެ އައިޝަތު ކައިލީ ނަވީނެވެ.

މާދަމާ މިއަދު ހަވީރު ނުވަ މެޗް ކުޅޭނެއެވެ. ތޭރަ އަހަރުން ދަށު އުމުރުފުރައިގައި ކުޅޭނީ ހިރިޔާއާއި އިސްކަންދަރެވެ. ޖަމާލުއްދީނާއި އަޙްމަދިއްޔާއެވެ. 17 އަހަރުން ދަށުގެ ތިން މެޗް ކުޅޭއިރު، ޣިޔާޘުއްދީން ކުޅޭނީ ދަރުމަވަންތައާއެވެ. އަރަބިއްޔާ ސްކޫލް ކުޅޭނީ ތާޖުއްދީން ސްކޫލާއެވެ. ޖަމާލުއްދީން ކުޅޭނީ އިސްކަންދަރު ސްކޫލާއެވެ. 15 އަހަރުން ދަށުގެ ހަތަރު މެޗް ކުޅޭއިރު، އަޙްމަދިއްޔާ ކުޅޭނީ ކަލާފާނު ސްކޫލާއެވެ. ޣިޠާޘުއްދީން ކުޅޭނީ މަޖީދިއްޔާއާއެވެ. ރެހެންދި ސްކޫލް ކުޅޭނީ ބްރައިޓްވޭއާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *