އަލިފުށީ ސްކޫލްގެ ޕަރޕަސް ހޯލުގައި ނުނިމި ހުރި މަސައްކަތް ނިންމަން ނާސާ ލިންކަށް

ރ.އަލިފުށި ސްކޫލް މަލްޓި ޕަރޕަސް ހޯލުގައި ނުނިމި ހުރި މަސައްކަތްތައް ނިންމަން ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށް، 6.6 މިލިއަން ރުފިޔާއަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލިފުށީ ސްކޫލްގެ ހޯލުގައި ނުނިމި ހުރި މަސައްކަތް އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނިންމައި އެ ހޯލް ބޭނުންކުރަން ފެށޭވަރުވާނެ ކަމަށެވެ.

ހޯލުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އަޙުމަދު ރިޔާޒެވެ. ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑް ފަރާތުން ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލީ އަބްދުއް ރަޙްމާނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *