ދިވެހި ޕޭޕަރު ލީކެއް ނުވޭ: ޑީޕީއީ

މެއި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1 ޣާޒީ ސްކޫލުގެ ބައެއް ދަރިވަރުންނަށް ފެނި އެ ކަރުދާސް ލީކުވެފައިވާ ކަމަށް ދެކެވޭ ވާހަކަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ދޮގުކޮށްފިއެވެ.
އެ ޑިޕާޓްމަންޓުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މެއި 3 ގައި އޮތް އިސްލާމް ކަރުދާސް 1 ގެ ބަދަލުގައި ދިވެހި ކަރުދާސް 1) އިންވިޖިލޭޓަރަށް އޮޅިގެން 2 ކުއްޖެއްގެ މޭޒުމަތީގައި ބޭއްވުނު ކަމުގައި ވިޔަސް ދަރިވަރުން ސުވާލުކަރުދާސް ކިޔުމުގެ ކުރިން އެކަން ފާހަގަކުރެވި އެ ކަރުދާސްތައް އަތުލައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ގެ އިރުޝާދުގެ ދަށުން އެ ސުވާލުކަރުދާސްތައް ބަންދުކުރެވި ރައްކާތެރި ކޮޓަރީގައި ރައްކާކުރެވިފައިވާ ކަމަށެވެ.

" އެދުވަހު ކަންހިނގައިދިޔަގޮތް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ބެލި ބެލުމުން އެއްވެސް ދަރިވަރަކަށް އަދި އިންވިޖިލޭޓަރަކަށް ވެސް ދިވެހި ކަރުދާސް 1 ގެ ސުވާލުތައް ފެނިފައި ނުވާކަން ކަށަވަރުކުރެވޭތީ މިހާރުވެސް ތާވަލްކުރެވިފައިވާ ގޮތަށް ދިވެހި ކަރުދާސް 1، 2021 މެއި 8 ވާ ހޮނިހިރު ދުވަހު ދެންނެވީމެވެ" ޑީޕީއީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ސްކޫލަތަކުގައި ކުރިއަށްދާ ބައިނަލްއަޤްވާމީ އަދި ޤައުމީ އިމްތިހާނުތައް އިންތިޒާމުކުރެވިފައިވާ ގޮތުން ސުވާލުކަރުދާސް ދަރިވަރުންގެ މޭޒުމަތީގައި ބޭއްވުމަށްފަހު ދަރިވަރުން ސުވާލުކަރުދާސް ކިޔާނީ އެއީ ރަނގަޅު ކަރުދާސްތޯ ބޭރުގަނޑު ބަލައި ޗެކްކުރުމަށްފަހު އިމްތިހާނު ހޯލު ހިންގުމާ
ހަވާލުވެ ހުންނަވާ ޗީފްއިންވިޖިލޭޓަރު އެކަމަށް އިރުޝާދު ދިނުމުން ކަމަށް ވެސް ޑީޕީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *