ކޮވިޑް ކޮންޓްރޯލްކުރަން މާލޭގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރުވެ، ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާލޭގެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

ކިޔެވުން މެދުކަނޑާލީ މާދަމާއިން ފެށިގެން މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ބަންދުކުރި ނަމަވެސް، އެލްކޭޖީން ފެށިގެން ގުރޭޑް 12އާ ހަމައަށް އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން ބުނީ ސްކޫލްތައް ބަންދު ކުރި ނަމަވެސް މިހާރު ކުރިއަށް ގެންދާ އޯލެވެލް އިމްތިޙާން ކުރިއަށް ގެންދާނެ ކަމަށާއި، އިމްތިޚާނުތަކަށް ހުރަހެއް ނެތް ކަމަށެވެ.

ފާއިތިވި ހަފްތާއެންހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ކޭސްތައް ވަނީ ފަސްސަތޭކައިން މައްޗަށް ޖެހިލާފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ކުރިއަށްވުރެ ހަރުކަށި ފިޔަވަޅު އަޅަން ފަށާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *