ކޮވިޑް ކޮންޓްރޯލް ކުރަން އަނެއްކާ ވެސް ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ފަށައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ބަންދުކުރުމާ ގުޅޭ ގޮތުން މަޝްަވަރާތައް ކުރިއަށް ދިޔަ ނަމަވެސް އަޅާނެ ފިޔަވަޅެއް އަދި ނުނިންމާ ކަމަށާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިކޮށް ވަރަށް އަވަހަށް އެކަމާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
ކޮވިޑްކޭސްތައް އިއްޔެ 550 ފަހަނައަޅާފައިވާއިރު، ބަލި ކޮންޓްރޯލްކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. އަޅާނެ ފިޔަވަޅުތަކެއް މިއަދުގެ ވަގުތެއްގައި ނިންމާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮވިޑްކޭހެއް އެންމެ ފުރަތަމަ ފެނުނީ ހުސްވި އަހަރުގެ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. އޭގެ ފަސް ދުވަސް ފަހުން ސްކޫލްތައް ބަންދުކުރިއެވެ. އޭގެ ފަހުން އާންމުކޮށް ސްކޫލްތަކުގައި ޖުލައި އެއްވަނަ ދުވަހުން ފެށިގެން ކިޔަވައި ދިން ނަމަވެސް މާލޭގެ ސްކޫލްތައް ހުރިހާ ދަރިވަރުންނަށް ހުޅޫވާލީ މިއަހަރުގެ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުއެވެ. އޭގެ ފަހުންވެސް ކޮވިޑް ހާލަތަށް ބަލައި ސްކޫލްތަކުގެ ކިޔެވުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހާރުވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވައިދެމުން އަށަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައި ދެމުން ގެންދަނީ ހަފްތާއެކު ދޭއް، ނޫނީ ތިން ދުވަހުއެވެ. ދެން ހުރި ދުވަސްތަކުގައި ކިޔަވައި ދެނީ އޮންލައިން ކޮށެެވެ.
ސްކޫލްތައް ބަންދުކުރަން މަޝްވަރާ ކުރަމުންދާޢިރު، އޯލެެވެލް އިމްތިޙާން ކުރިއަށް ދާތީ އެ އިންތިޙާނާ މެދު އަމަލުކުރާނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.
advertisment
ހިޔާލު