އޭލެވެލްގެ ޕޭޕަރުތައް ލީކުވާތީ ރާއްޖެއިން އެ އިމްތިޙާން ކެންސަލްކޮށްފި

އޭލެވެލްގެ ޕޭޕަރުތައް ލީކުވާތީ ރާއްޖެއިން އެ އިމްތިޙާން ކެންސަލްކޮށްފިއެވެ.
ރާއްޖެއިން އެ އިމްތިޙާން ކެންސަލްކުރީ ހުރިހަ ޕޭޕަރެއް ލީކުވާނެ ކަމުގެ ފުރުޞަތު އޮތުމާއި، އެކަމާ ގުޅިގެން ބެލެނިވެރިންނާއި ސްކޫލްތަކުގެ އިސްވެރިންގެ ކަންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

ޕޭޕަރުތައް ލީކުވި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ، ނޫށްސްވެރިންނާ ބައްދަކުކޮށް މިއަދު ވިދާޅުވީ ދެވަނަ ޕޭޕަރެއް ލީކުވިފަހުން ވެސް އިމްތިޙާން ކުރިއަށް ގެންދިޔައީ އިތުރު ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލްއިން ދިނުމުން ކަމަށާއި، އޭގެ ފަހުންވެސް އިތުރު ޕޭޕަރު ލީކުވުމަކީ އެ އިމްތިހާނުގެ އިތުބާރު ގެއްލުން ކަމަށެވެ.

" ޕޭޕަރެއް ލީކުވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހު. ލީކުވެފައިވަނީ އަސްލު ޕޭޕަރުތައްތޯ ޔަގީން ކުރަން އަޅުގަނޑުމެން ބޭނުންވި. އެކަން ޔަގީންކޮށް އެޑެކްސެލްއިން އެ މައުލޫމާތު ދިނީ އިއްޔެ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިމްތިޙާން ކެންސަލްކުރުމުން ދެން އޮތީ ދެ ގޮތް ކަމަށެވެ. އެއީ ޓީޗާ ބޭސްޑް އެސެސްމެންޓަކަށް ދިއުން ނޫނީ އޮކްޓޫބަރު/ ނޮވެމްބަރަށް އިންތިޙާން ލަސްކޮށްލުމެވެ.

މިނިސްޓަރު ވިދާޅުވީ ޓީޗާސް ބޭސްޑް އެސެސްމެންޓް މޮޑެލް ކުރިއަށް ގެންދަން ނިންމި ނަމަވެސް އެ މޮޑެލް ކުރިއަށް ގެންދާނީ އެޕްރީލް/ މެއިގައި އިމްތިހާނު ނިންމަން ބޭނުންވާ ކުދިންނަށެވެ. އިމްތިޙާން ކެންސަލްކުރުމުން، އޮކްޓޫބަރު/ ނޮވެމްބަރަށް އިމްތިހާން ލަސްކޮށްލަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް މިނިސްޓަރު ވަނީ ވދާޅުވެފައެވެ.

2800 އެންހާ ކުދިން އޭލެވެލް ހަދަން ރަޖިސްޓްރީވެފައިވާއިރު، މިނިސްޓަރު ވިދާޅުވީ އިމްތިޙާން ނަހަދާ ދަރިވަރުންނަށް ރައީސްގެ ސްކޮލަޝިޕެއް ނުލިބޭނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *