5900 ދަރިވަރުންނާއެކު އޯލެވެލް އިމްތިޙާން މިއަދު ފަށައިފި

ކޮވިޑްއާ ގުޅިގެން ފަސްކުރި އޯވެލް އިމްތިޙާން 5955 ދަރިވަރުންނާއެކު މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަދު ކުރިއަށް ދާ އިންތިހާން ރާއްޖޭގެ 235 ސެންޓަރެއްގައި ކުރިއަށް ދާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިމްތިޙާނު ސެންޓަރުތައް ވަނީ މިއަދު ފެށޭ އިމްތިޙާނުތަކަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން ކޯވިޑް-19އަށް ފައްސި ވެފައިވާ ދަރިވަރުންނާއި ކަރަންޓީނުކޮށްފައިވާ ދަރިވަރުންގެ ތެރެއިން އިމްތިޙާނު ހެދޭ ޙާލަތުގައި ތިބި ދަރިވަރުންނަށް އިމްތިޙާނު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ރަށްރަށުގެ ސިއްޙީ އިދާރާތަކުގެ އިތުރުން، ރަށްރަށުގެ ޓާސްކްފޯސްތަކާ ގުޅިގެން މިހާރުވަނީ ހަމަޖެހިފައެވެ.

މިކަންކަން އިންތިޒާމުކުރުމުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އާއި އެޗް.ޕީ.އޭ ގެ އިރުޝާދުގެ ދަށުން ސްކޫލްތަކުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް ސްކޫލްތަކުގެ އިސްވެރިންނާއި އެންމެހާ މުވައްޒަފުން އަދި ބެލެނިވެރިންނަށް އެ މިނިސްޓްރީން ވަނީ ޝުކުރުއަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *