ލީކްވި ޕޭޕަރުތައް އަލުން ހެދުމުގެ މަޝްވަރާތައް އެޑެކްސެލްއާއެކު ކުރަމުންދާ ކަމަށާއި، ރާޢްޖެއިން ބޭނުންވަނީ ދަރިވަރުންނަށް އަލުން އެ އިމްތިހާނު ދިނުން ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.
ލީކުވެފައި ވަނީ އޭލެވެލްގެ ފިޒިކްސް އާއި ބަޔޮލޮޖީ ޕޭޕަރެވެ. މި މާއްދާގެ ޕޭޕަރު ލީކުވީ ރާއްޖޭގައި އިމްތިހާނު ހަދާ ވަގުތުގައި ތަފާތުތަކެއް ހުރިއިރު، އެ އިމްތިޙާން ހަދާ އެހެން ގައުމަކުންނެވެ. ޕޭޕަރުތައް ލީކުވެފައި ވަނީ ރާއްޖޭގައި އެ އިމްތިޙާން ހެދުމުގެ ދެ ގަޑިއެއްހާއިރުގެ ކުރިންނެވެ. ރާއްޖޭގެ ބައެއް ކުދިންނަށް ލީކުވި ޕޭޕަރުތައް ލިބިގެން އެ ޕާޕަރުތަކާ ގުޅޭ ގޮތުން ބައެއް ދަރިވަރުން ވަނީ އެއްކުއްޖަކު އެނެއްކުއްޖަކަށް ވާޙަކަވެސް ދައްކާފައެވެ. މިކަން ބައެއް މުދައްރިސުންނަށް ވަނީ ފާހަގަވެސް ކުރެވިފައެވެ.
އިމްތިޙާންތަކާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން ވިދާޅުވީ މާދަމާއިން ފެށިގެން ޕޭޕަރުތައް ލީކު ނުވާނެ ކަމުގެ ޔަގީންކަން އެޑެކްސެލްއިން ދީފައިވާ ކަމަށާއި، ލީކުވި ޕޭޕަރުތަކާމެދު ކަން ކުރާނެ ގޮތެއް ވަރަށް އަވަހަށް ނިންމާނެ ކަމަށެވެ.
"ޕޭޕަރު ލީކުވި މައްސަލައިގައި ބެލެނިވެރިންގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި. ބޭރުގެ އިމްތިޙާނަކަށްވާތީ އަޅުގަނޑުމެންގެ އަތްމަތީގައެއް ނޯންނާނެ ފައިނަލް ގޮތެއް ނިންމުމުގެ އިޚްތިޔާރެއް. އަޅުގަނޑުމެން ބޭނުންވާ ގޮތް ހުށަހަޅައި، އެކަމަށް މަޝްވަރާ ކުރަމުން މިދަނީ" އިހުސާން ވިދާޅުވިއެވެ.
އޭެވެލްގެ އިތުރުން ކެމްބްެރިޖްގެ އޯލެވެލް އިމްތިޙާނު ވަނީ އިއްޔެ ފަށާފައެވެ. 5900 އެންހާ ކުދިން މި އިންތިޙާން ހަދަމުންދާއިރު، ކޮވިޑްއާ ގުޅިގެން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް އިމްތިޙާނުގެ ކަންތައްތައް ކުރިއަށް ގެންދާ ކަމުގެ ޔަގީންކަން ޑީޕީއީއިން ވަނީ ދީފައެވެ.
އިހުސާން ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ އިމްތިޙާނުގައި އެއްވެސް ކުއްޖަކަށް ބައިވެރިނުވާކަން މިހާތަނަށް ފާހާގަކުރެވިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ދިމާވެއްޖެނަމަ އެންމެ އަވަހަށް އިމްތިޙާން އޮންނަ އިރެއްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަަށެވެ.
advertisment
ހިޔާލު