އޭލެވެލް އިމްތިޚާނުގެ ޕޭޕަރެެއް ލީކުވެފައި ވަނީ ރާއްޖެއަކުންނޫން: އެޑިއުކޭޝަން

އޭލެވެލް އިމްތިޚާނުގެ ޕޭޕަރެެއް ލީކުވެފައި ވަނީ ރާއްޖެއަކުންނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ ޕިޒިކްސް ޔުނިޓް-1 ވަނަ ޕޭޕަރުގެ ކޮޕީއެއް ލީކުވެގެން އުޅޭ ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި، ރާޢްޖެއިން އެއްވެސް ޕޭޕަރެއް ލީކުވެފައި ނުވާކަމަށެވެ.

" އޭލެވެލް އިމްތިޙާނު ކަރުދާހެއް ކޮންމެވެސް ޤައުމަކުން ލީކު ވެގެން އުޅޭ ކަމުގެ ޚަބަރު ވަނީ އަޅުގަނޑުމެންނަށްވެސް ލިބިފައެވެ. މި ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." އެޑިއުކޭޝަން މިނިސްޓްރީން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުނީ، އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލެ އިމްތިޙާނުގެ ސުވާލު ކަރުދާސްތައް ރައްކާތެރިކަމާއެކީ ބެލެހެއްޓުމާއި، ސުވާލު ކަރުދާސްތަކުގެ ރައްކާތެރިކަމަށްޓަކައި އެޅިފައިހުރި ފިޔަވަޅުތައް ހަމަޖެހިފައިހުރި އުޞޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި، އޭލެވެލްގެ ސުވާލުކަރުދާހެއް ދިވެހިރާއްޖޭގެ އެއްވެސް އިމްތިޙާނު ސެންޓަރަކުން ލީކުވެފައިނުވާ ކަމަށެވެ.

އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުތައް ފަށާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. މިއަހަރު އިމްތިހާނު ކަރުދާސް މާކު ކުރާއިރު، ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތަށް ރިއާޔަތްކޮށް، ކުރިއަށްވުރެ ލުއިކޮށް އިމްތިހާނު މާކު ކުރުމަށް އެޑެކްސެލް އިން ވަނީ ނިންމާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *