ގަމާއި ފޮނަދޫން ކޮވިޑް ކޭސްތައް ފެނި، އަށަކުން ދަށުގެ ގުރޭޑްތަކުގެ ކިޔެވުން މެދުކަނޑާލައިފި

ލ. ގަމާއި ފޮނަދޫން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން އެ ދެރަށުގެ ސްކޫލްތަކުގެ އަށަކުން ދަށުގެ ގުރޭޑްތަކުގެ ކިޔެވުން މިއަދުން މެދުކަނޑާލައިފިއެވެ.

ކޮވިޑް ފެނުމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ އެދެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

އަށަކުން ދަށުގެ ގުރޭޑްތަކުގެ ކިޔެވުން މެދުކަނޑާލި ނަމަވެސް ގުރޭޑް 9 އަދި 10 ގެ ދަރިވަރުންގެ ކިޔެވުން އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް މި ރަށުގެ ސްކޫލްތަކުން ވަނީ ބުނެފައެވެ.

އިހައްދޫ ސްކޫލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކިޔެވުން ކުރިއަށް ދެން ގެންދާނީ މޮނިޓަރިންގެ ހާލަތު އުވައިލައި، އެޑިޔުކޭޝަން މިނިސްޓްރީން އަންގާ ގޮތެއްގެ މަތިން ކަމަށެވެ.

އެންމެހައި ދަރިވަރުންނާއި ބެލެނިވެރިން އަދި ރަށުގެ ރައްޔިތުންވެސް ކަމާއިބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯލަނބައި މި ހާލަތުން އަރައިގަނެވޭތޯ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެ ސްކޫލްތަކުން ވަނީ ބެލެނިވެރިންގެ ކިބައިގެން އެދިފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *