ދިއްދޫއާއި ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖު ތަރައްގީކުރަނީ

ހއ. ދިއްދޫއާއި ނ. ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖް ހަދަން ނިންމައި، އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކޮލެޖް ހަދަން ހުޅުވާލީ ޕަބްލިކް- ޕްރައިވެޓް ޕަރޓްނަޝިޕް އުސޫލުންނެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮލެޖްގެ މަޝްރޫއު ކުރިއަށް ގެންދަން ޝަޢުޤުވެރިވާ ފަރާތްތަކުން އެތަންތަން ޑިޒައިން ކުރުމާއި، އިމާރާތް ކުރުމުގެ އިތުރުން، ފައިނޭންސް އަދި އޮޕަރޭޓް ކުރަންޖެހެއެވެ.

ރާއްޖޭގައި އަލަށް އެކުލަވާ މޮޑެލްގެ ދަށުން ޖޫރިނިއަރ ކޮލެޖް ޚާއްޞަ ކުރަނީ އޯލެވެލް ނިންމާ ނިކުންނަ އުމުރުން 16އަހަރާ 21އަހަރާ ދެމެދުގެ ދަރިވަރުންނަށް ފައުންޑޭޝަން ލެވަލްތަކުގެ ކޯސްތައް ކުރިއަށްގެންދިއުމަށެވެ. ކޮލެޖުގައި ހިންގާނީ ދެ އަހަރު ދުވަހުގެ މުއްދަތުން ކިޔެވުން ފުރިހަމަކުރެވޭ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތަކެވެ.

މި ކޮލެޖުތައް ތަރައްޤީކުރަނީ ކުދިންނަށް ތިބެވޭގޮތަށް ދަނާލުތައްވެސް ހިމެނޭގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *