ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 38 އަހަރު، ތަސައްވަރު ބަދަލުކޮށް، އާ މިސްރާބަކަށް

ތައުލީމް ފޯރުކޮށްދިނުމުގައި ޏ. އަތޮޅު ތައުލީމީ މަރުކަޒު 38 އަހަރު ހޭދަކުރީއެވެ. އެޕްރީލް މަހުގެ 21 ވަނަ ދުވަހަކީ އެ މަރުކަޒުގެ އަހަރީ ދުވަހެވެ.

އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ސައުދުﷲ ދެއްވި ކުރު ބަޔާނުގައި ވިދާޅުވީ ފާއިތުވި 38 އަހަރަށް ބަލައި، ސްކޫލްގެ ހިންގުމާއި ތަސްއްވަރަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ. އެ ތަސައްވަރާއެކު، އާ މިސްރާބަކަށް ދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
" ސްކޫލުން ބޭނުންވާ މަންޒިލަށް ޙާސިލް ވުމަށްޓަކައި ސްކޫލްގެ ވިޝަން އަދި ވިޜަން ރިވިއުކޮށް، ސްކޫލްގެ އެންމެހައި މުވައްޒަފުންނާއި ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ބޭނުންވާ އަގުކުރުންތަކެއް މިހާރު މި ވަނީ ކަނޑައެޅިގައި" ސައުދުﷲ ވިދާޅުވިއެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން އަލަށް ކަނޑައަޅާ ވިޝަންއަކީ ތަރުބިއްޔަތުގެ މަތީގައި އިލްމާއި ހުނަރު ޔަގީންކޮށްދިނުމެވެ. މިޝަންއަކީ ތަރުބިއްޔަތު ބިންގަލުގެ މަތީގައި އީޖާދީ ވިސްނުމަށް ފަހި މާހައުލެއްގެ ތެރެއިން ދެމެހެއްޓެނެވި ތައުލީމަކަށް މަގުފަހިކޮށްދިނުމެވެ.
" މިކަން ޙާޞިލްކުރާނީ، ނަޒާހަތްތެރިކަމާއި، ރިވެތި އަޚުލާގާއި އެކުލުންތެރިކަމާއި އީޖާދީ ވިސްނުމާއި މަސައްކަތުގެ ފެންވަރު މަތި ކުރުމުގެ ވިސްނުމުގެ ތެރެއިން" އަހަރީ ދުވަހުގެ މެސެޖްގައި ޕްރިންސިޕަލް ވިދާޅުވެފައިވެއެވެ.

ސައުދުﷲ ވިދާޅުވީ ބޭނުމަކީ ބަދަލުވެގެން އަންނަ ހާލަތްތަކުގައި ނަފުސު އެދޭ ހާލަތްތަކާއި ކުރިމަތިވާ ދަތިތަކާ އިހުސާސްތަކުގެ މައްޗަށް ބުއްދި އިސްކޮށް، ނަފުސުގެ ކޮންޓްރޯލް ހޯދާ، ވަށައިގެންވާ މާޙައުލުގައި ހިނގާ، ތިމާގެ ބާރު ނުފޯރާ ކަންތައްތައްކަށް ރިޔާއަތްކޮށް، އޮމާންކަމާއެކު ދިރިއުޅުން ގެންދެވޭނެ މަގު ދެނެގަންނަ ބަޔަކަށް ދަރިވަރުން ހެދުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *