ދިރާސީ އާ އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަނީ

ދިރާސީ އާ އަހަރު ފަށާއިރު ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޗާޕް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
ދިރާސީ އަހަރު ފަށަން ނިންމާފައި ވަނީ މި އަހަރުގެ އޯގަސްޓު 10 ގައެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އެ އިއުލާނުގައި ބުނެފައި ވަނީ ފޮތް ޗާޕްކުރަން ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުން ކަމަށާއި، ބީލަމުގައި ބައިވެރިވާން ނޮން ރިފަންޑެބްލް ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތު 500ރ. ދައްކަން ޖެހޭނެ ކަމަށެވެ. މި ފައިސާ ދައްކަންޖެހޭނީ އަންނަ މޭ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް، ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މި ބީލަމުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 60،000ރ. ދައްކަން ޖެހޭއިރު، ބީލަންތައް ހުޅުވުން އޮތީ އަންނަ މެއި މަހުގެ ހަވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ދިރާސީ އާ އަހަރުގެ ކިޔެވުން އޯގަސްޓު 10 ގައި ފަށައި، ފުރަތަމަ ޓާމުގެ މެދުން މިޑްޓާމް ބްރޭކް ލިބޭނީ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ. މި ބްރޭކް ލިބޭނީ ހަފުތާ އަކަށެވެ. ޑިސެމްބަރު 23 ވަނަ ދުވަހު ފުރަތަމަ ޓާމް ނިމޭއިރު ދެވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައި ވަނީ 16 ޖެނުއަރީ 2022 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *