ދޭން ފެށި ލުއިތަކާއެކު މާލެ ސަރަހައްދުގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައިދޭން ފަށައިފި

ކޮވިޑް ރައްކާތެރިވުމަށް އެޅިފިޔަވަޅުތަކަށް ދޭން ފެށި ލުއިތަކާއެކު މާލެ ސަރަހައްދުގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވައިދޭން ފަށައިފިއެވެ.

ކޮވިޑްގެ އާ ގުޅިގެން ހާލަތަށް ބަލައި، އެކި ގުރޭޑްތަކަށް ކިޔަވައިދެމުން ގެންގޮސްފައިވާއިރު، އެންމެ ފަހުން ކިޔަވައިދޭން ހުޅުވާލީ މާލެގައި ހިންގާ ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުންނަށެވެ.

ޖުލައި އެއްވަނަ ދުވަހުން ފެށިގެން އަތޮޅުތެރޭގެ ސްކޫލްތަކުގައި ކިޔަވައި ދެމުން ގެންދިޔަ ނަމަވެސް މާލޭގެ ސްކޫލްތަކުގެ ކިޔެވުން އާންމުކޮށް ފެށީ ޖެނުއަރީ މަހުގެ ދިހަ ވަނަ ދުވަހުއެވެ. އޭގެ ފަހުން ހާލަތު ގޯސްވުމުން ގުރޭޑް ހަޔަކުން ފެށިގެން މަތީގެ ގުރޭޑްތަކަށް ކިޔަވައިދޭން ފެށީ އޮންލައިންކޮށެވެ. ބެބީނާސަރީއާއި ނާސަރީކުދިންނަށް ކިޔަވައިދޭން ފެށީ އެޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކޮވިޑްއާ ގުޅިގެން އެންމެ ރައްކާތެރިތަނުގެ ގޮތުގައި ސްކޫލްތައް ހިމެނޭއިރު، ސްކޫލްތަކަށް ނިސްބަތްވި އެއްވެސް ކުލަސްޓަރއެއް ފެނިފައެއް ނުވެއެވެ. ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި މުދައްރިސުން ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ސްކޫލްތެރޭގައި ބަލި ފެތުރިފައެއް ނުވެއެވެ. ސްކޫލްތަކުން ވަނީ ރައްކާތެރިވުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ކޮވިޑްއާ ގުޅިގެން ދިރާސީ އަހަރުގެ ކަލަންޑަރަށް ބޮޑު ބަދަލެއް ވަނީ އައިސްފައެވެ. ދިރާސީ އަހަރު ފެށުން އޮގަސްޓް މަހަށް ވަނީ ބަދަލުކޮށްފައެވެ. މީގެ ފަހުން ބޮޑުޗުއްޓީ ދޭނީ ޖޫންމަހުގެ ފަހުކޮޅުގައެވެ.
ށާގޮތަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *