ގުރޭޑް 12ގެ ދަރިވަރުންނަށް އޮކްޓޯބަރު ނޮވެމްބަރުގައި ބާއްވާ އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ދެނީ

ގުރޭޑް 12ގެ ދަރިވަރުންނަށް އޮކްޓޯބަރު ނޮވެމްބަރުގައި ބާއްވާ އޭލެވެލް އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ހިނގާ 2021 ވަނަ އަހަރުގެ އެޕްރީލް މެއި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް 12 ގެ ދަރިވަރުންނަށް އެކުދިން ބޭނުން ނަަމަ މިހާރުގެ އެޕްލިކޭޝަން ވިތުޑްރޯ ކުރުމަށްފަހު މިއަހަރު އޮކްޓޫބަރުގެ ނޮވެންބަރު ގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ނިންމާފައި ވަނީ އޭލެވެލް އިމްތިޙާން އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވަން އެޑެކްސެލްއިން ނިންމުމާ ގުޅިގެންނެވެ.

އެޑިއުކޭޝަނުން ބުނީ އޭލެވެލް އިމްތިޙާން ވިތުޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ ކަމަށާއި، މިގޮތަށް ވިތުޑްރޯ ކުރެވޭނީ އައިއޭއެލްގެ މާއްދާތަކުން އެކަނި ކަމަށެވެ. އަދި އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާގޮތަށް ކުރިޔަށް ދާނެކަމަށެވެ.

ވިތުޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މަޢުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ 30 މާރިޗު، މެންދުރު 12:00 ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އަށް އަންގައިދިނުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނައި ބަދަލާއެކު، ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގައާއި ސްކޮލަރޝިޕް ދިނުމުގައި ބަލާނީ އޭޕްރީލް މޭ ގެއިމްތިހާނުގެ ނަތީޖާއަށް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *