އޭލެވެލް އިމްތިޙާން އެޕްރީލް 26ގައި، އެޗްއެސްސީ ޖޫން 13ގައި

ކޮވިޑްއާ ގުޅިގެން ފަސްކުރި އޭލެވެލް އިމްތިޙާން އަންނަ މަހުގެ 26 ވަނަ ދުވަހު ބާއްވަން އެޑެކްސެލްއިން ނިންމާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އާ މަޝްވަރާ ކުރުމެއް ނެތި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އިމްތިޙާން އަންނަ މަހަށް އަވަސް ވުމުން ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން އެޑިއުކޭޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭލެވެލް އިމްތިޙާން ބާއްވާ ތާރީޚަށް ބަދަލު ގެނެއުމާ ގުޅޭ ގޮތުން އެޑެކްސެލްއާއެކު ކުރި މަޝްވަރާތަކަށް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެންމެ ފަހުން އިމްތިޙާން ބާއްވާ ތާރީޚް ކަނޑައެޅީވެސް އެ މިނިސްޓްރީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އިމްތިޙާނަށް މިއައި ބަދަލާ ގުޅިގެން އެޗްއެސްސީ އިމްތިޙާން ބާއްވާނީ އޭލެވެލްއާއި އޭއެސް ލެވެލް އިމްތިޙާނު ނިމޭތާ އެއްމަސް ދުވަސް ފަހުން، ޖޫން 13ން 17އަށް ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *