މާލޭގެ ސަރަހައްދުގައި ކޮވިޑް ކޮންޓްރޯލްނުވާތީ، ކިޔެވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެލްކޭޖީއިން މަތީގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ މަހު އެކަކުން ފެށިގެން އެކްލޭޖީއިން މަތީގެ ދަރިވަރުންނަށް ކިޔަވައިދޭނީ ސްކޫލަށް ހާޒިރުކޮށްގެންނެވެ. ފާއިތުވި ދެ ހަފްތާގައިވެސް ގުރޭޑް ހަޔަކުން ދަށުގެ ދަރިވަރުންނަށް ކިޔަވައި ދެމުން އައީ އޮންލައިން ކޮށެވެ.
ކޮވިޑްއާ ގުޅިގެން ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު، އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ 2020 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. އެއަށްފަހު ހުރިހާ ކުދިންނަށް ސްކޫލްތައް ހުޅުވާލީ މި އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެ ކުރިން އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އައީ ކިޔަވައިދެމުންނެވެ.
ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ނިންމިއިރު، މާލޭގެ ސަރަހައްދުގައި ކޮވިޑް ފެތުރޭ ނިސްބަތް އަދިވެސް ކޮންޓްރޯލްވެފައެއް ނުވެއެވެ.
އިއްޔެވެސް މާލެއިން 89 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
advertisment
ހިޔާލު