އިންޓަރސްކޫލް ނެޓް ބޯޅަ މުބާރާތް: އަންނަ މަހު 8 ގައި، 17 ސްކޫލަކުން ބައިވެރިވޭ

އިންޓަރސްކޫލް ނެޓް ބޯޅަ މުބާރާތް އަންނަ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ފަށަން ތާވަލު ކޮށްފިއެވެ. މި މުބާރާތުގައި މިފަހަރު ބައިވެރިވަނީ މާލެ ސަރަޙައްދުގެ 17 ސްކޫލަކުންނެވެ.

މިއީ މި މުބާރާތް ބާއްވާތާ 25 ވަނަ އަހަރެވެ.

އިންޓަރސްކޫލް ނެޓް ބޯޅަ މުބާރާތް ކުރިއަށް ގެންދަނީ ތިން އުމުރު ފުރައަކަށެވެ. އެއީ 13 އަހަރުން ދަށާއި 15 އަހަރުން ދަށާއި 17 އަހަރުން ދަށެވެ.

މި އަހަރުގެ މުބާރާތުގައި 13 އަހަރުން ދަށުގެ ބައިގައި ސޯޅަ ސްކޫލަކުން، 15 އަހަރުން ދަށުގެ ބައިގައި 17 ސްކޫލަކުން 17 އަހަރުން ދަށުގެ ބައިގައި 11 ސްކޫލަކުން ވާދަ ކުރެއެވެ.

13 އަހަރުން ދަށާއި 17 އަހަރުން ދަށުގެ ޗެޕްޕިއަންކަން ހޯދީ އިސްކަންދަރުންނެވެ. 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޣިޔާޘުއްދީން ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *