ހަ ރަށެއްގެ ސްކޫލްތަކުގައި ކުލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތަކެއް އިމާރާތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އއ.މާޅޮހު ސްކޫލަށް 4 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލް އިމާރާތާއި، ގއ.ކަނޑުހުޅުދޫ ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް އިމާރާތް ކުރާނެއެވެ. އައްޑޫ ހައި ސްކޫލަށް 12 ކްލާސްރޫމް އިތުރުކުރާއިރު، ނ.މިލަދޫ ހިދާޔާ ސްކޫލަށް އަށް ކްލާސްރޫމާއި މަލްޓި ޕަރޕަސް ހޯލް އިމާރާތް ކުރަން ވަނީ ހަމަޖައްސާފައެވެ. އަދި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ އޮފީސް އިމާރާތުގެ އިތުރުން 12 ކްލާސްރޫމް ވެސް އިމާރާތް ކުރާނެއެވެ. މީގެ އިތުރުން ށ. ނަރުދޫ ސްކޫލަށް 3 ބުރި އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދާ ކަމަސް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
މި މަސައްކަތް ކުރަންބޭނުންވާ ފަރާތްތަކުން އަންނަ އެޕްރީލް މަހުގެ ބާރަ ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީގައި ރަޖިސްޓްރީވެ، އެޕްރީލް މަހުގެ 13 ވަނަ ދުވަހުގެ 10:00ގައި ބީލަން ހުށަހަޅަންޖެހެއެވެ.
އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގިނަ ސްކޫލަތަކުގައި ކުލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލްތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
advertisment
ހިޔާލު