އޭލެވެލް އިމްތިޙާން ބާއްވަން ނިންމައިފި

ކުރިން ކަނޑައެޅި ތާރީޚުގައި އޭލެވެލް އިމްތިޙާން ބާއްވަން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އޭ ލެވެލް އިމްތިހާންގެ އިތުރުން އެޗްއެސްސީ އިމްތިހާން ވެސް މޭ، ޖޫންގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތައް ހުޅުވައި ކިޔަވައިދޭ ގައުމުތަކުގައި އިމްތިހާނު ބާއްވައިދޭނެކަން ކޭމްބްރިޖް އިން އަންގާފައިވާ ކަމަށާއި، އެހެންވެ އިމްތިޙާން ބޭއްވުމާމެދު އިތުރު ސުވާލެއް ނެތް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ އޭލެވެލްގައ ބައިވެރިވުމަށް މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހަޅަންޖެހޭ ކަމަށާއި، ކުރިއާ ޚިލާފަށް ވަގުތު ނެތުމުން، މިއަހަރު އިތުރު ފުރުޞަތު ދެވެން ނެތް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ފަސްކުރި އޯލެވެލް އިމްތިޙާނުގައިވެސް މެއި، ޖޫންގައި އޮންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *