ކޮވިޑް 19 ކްންޓްރޯލް ނުވާތީ ގުރޭޑް 7-8 ގެ ދަރިވަރުންނަށް ވެސް ސްކޫލްތައް ބަންދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ މިދުވަސްވަރު ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުން ދިއުމާއެކު، މިހާރު އެޅިފައި ހުރި ފިޔަވަޅުތަކުން ބަލި ފެތުރޭ މިންވަރަށް ބަދަލު އަންނަމުން ނުދާކަން ފާހަގަކުރެވޭތީ، މިވަގުތު ފެތުރެމުންދާ މިންވަރާއި ޙާލަތަށް ބަލައި، ބަލި ފެތުރުމުގެ ރިސްކް އަވަހަށް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެދުމުގެ މަތިން ކިޔެވުން މެދުކަނޑާލާފައިވާ ކަމަށެވެ. އެހެންވެ ކުރިއަށް އޮތް 2 ހަފްތާއަށް (28 ފެބުރުވަރީ 2021 އިން 11 މާރިޗު 2021އަށް) މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 އާއި ހަމަޔަށް ކިޔެވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިން މެދުވެރިކޮށެވެ.
ކޮވިޑް 19 މާލެ ސަރަހައްދުގައި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ މީގެ ދުވަސްތަކެއް ކުރިން ވަނީ ގުރޭޑް 6ން ދަށުގެ ކުދިންނަށްވެސް ސްކޫލްތައް ބަންދުކޮށްފައެވެ. އެކުދިންނަށް އޭގެ ފަހުން ކިޔަވައި ދެމުން ގެންދަނީ އޮންލައިން މެދުވެރިކޮށެވެ.
advertisment
ހިޔާލު