ށ. ބިލެތްފަހީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި އެއްވަނައަކީ އެއީ އައިޝަތު މަލްދާ ފައިސަލް އެންމެ ބޭނުންވި ވަނައެކެވެ. ސްކޫލް ކެޕްޓަނަކަށް ނުވެވުމުން ދެން އޭނާ އަޒުމް ކަނޑައެޅީ ސްކޫލުގެ އެންމެ މޮޅު ދަރިވަރަށް ވެވޭތޯއެވެ. އެ އަޒުމުގައި ގިނަ މަސައްކަތްތަކެއް އޭނާ ކުރިއެވެ.

" އެންމެ ދެރަވީ ސްކޫލުގެ ކެޕްޓަންކަން ނުލިބުމުން. އެއީ ވަރަށް ބޮޑަށް އުއްމީދު ކުރި މަޤާމެއް. ކެޕްޓަންކަން ނުލިބުނީމާ ދެން އަޒުން ކަނޑައެޅީ ސްކޫލުން އެއްވަނަ ހޯދަން. އެ އަޒުމުގައި ހިތްވަރުކޮށް، ވަރަށް މަސައްކަތުން އެކަން ހާޞިލްވީ" އެކްޓިވިޓީ ކެޕްޓަންކަން ކުރި މަލްދާ ބުންޏެވެ.

މަލްދާ ބުނީ، އޯލެވެލްގައި ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރި ކަމަށާއި، ހަ އޭ އާއި އެއް ބީއާއި އެއް ސީ ލިބިގެން ޤައުމީ ގަދަ ދިހައަކަށް ދެވޭ ވަރު ނުވި ނަމަވެސް އޭނާގެ އޭރުގެ ހާލަތަށް ބަލާއިރު، އެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
" ވަރަށް ބަލިކޮށް އެޅެމުން ވެސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ" މަލްދާ ދަރިވަރު ނޫހަށް ބުންޏެވެ.

ބައެއް މާއްދާތަކުން ޓިއުޝަން ނެގި މަލްދާއަށް އެންމެ ފަސޭހައީ ބިޒްނަސްއެވެ. އެންމެ އުނދަގޫ މާއްދާއަކީ ހިސާބެވެ.
މަލްދާ ބުނީ، ސްކޫލުގެ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން، ރަނގަޅު ނަތީޖާއަކަށް އުއްމީދު ކޮށްގެން މަސައްކަތް ކުރީ ވަރަށް ގިނަ ގޮންޖެހުންތަކާ ވެސް އެކު ކަމަށެވެ.

އޯލެވެލްއަށްފަހު، ފައުންޑޭޝަން ކޯސް ނިންމައި، މަލްދާ އަންނަނީ އޭނާ އެންމެ ބޭނުންވި ދާއިރާއިން މަތީ ތަޢުލީމަށް ކިޔަވަން ތައްޔާރު ވަމުންނެވެ.
advertisment
ހިޔާލު