މާދަރީބަހުގެ ދުވަސް ފާހަގަކުރަން އެކި ސްކޫލްތަކުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ. ހދ. ނެއްލައިދޫ ސްކޫލުން ބޭނުންވީ ކޮވިޑްގެ މި ހާލަތުގައި، މާދަރީބަހުގެ ދުވަސް ފާހަގަކުރާއިރު، ދިވެހި ތާރީޚާއި ދިވެހިވަންތަކަން ދައްކުވައިދޭށެވެ. އެގޮތުން އެ ސްކޫލުން ކުރިއަށް ގެންދިޔައީ އިންސްޓަ ފޮޓޯ ޗެލަންޖް މުބާރާތެކެވެ. އެ ސްކޫލްގެ 56 ދަރިވަރުން ބައިވެރިވެގެން ހުށާހަޅާފައިވާ ފޮޓޯތަކުން ދައްކުވައިދެނީ ދިވެހިންގެ ކުރީގެ ސާދާ ދިރިއުޅުމެވެ. ދިވެހި އުފެއްދުންތަކާއި އާލާތްތަކާއި ބޭނުންކުރި ކަންވާރުތަކަށް ކިޔަމުންއައި ރީތީ ނަތްތަކެވެ.
ނެއްލައިދޫ ސްކޫލްގެ ލިޑިންގ ޓީޗަރު އައިޝަތު ނުޒުހާ ވިދާޅުވީ ހަފްތާއެއްގެ ތެރޭގައި އެ ސްކޫލްގެ ދަރިވަރުން، ބެލެނިވެރިންނާއެކު ކޮށްފައި ވަނީ ތަފާތު މަސައްކަތެއް ކަމަށާއި، އެކަން ހުށަހަޅާފައިވާ ފޮޓޯތަކުން ފެނިގެންދާ ކަމަށެވެ.
" ހުށަހަޅާފައިވާ ފޮޓޯތަކުގެ ފެންވަރާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އަދި މިކަމަކީ އަލަށް ކުރި ކަމަކަށްވި ނަމަވެސް އުއްމީދު ކުރި ވަރުގެ ފޮޓޯތަކެއް ލިބުނު" އޭނާ ވިދާޅުވިއެވެ.




















އިންސްޓަ ފޮޓޯ ޗެލަންޖްގައި 25 ފޮޓޯއެއް ބައިވެރިކޮށްފައިވާއިރު، އެ ފޮޓޯތަކުގައި 56 ދަރިވަރުން ބައިވެރިވެފައިވާއިރު، އެ ސްކޫލަށް ނިސްބަތް ނުވާ ނެއްލައިދޫ ޕްރީ ސްކޫލްގެ ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.
advertisment
ހިޔާލު