ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް، އަމާޒު ކުރައްވައިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް އިން ދޭ ނަމޫނާ އިމްތިޙާނު މިއަދު ހެދުނު ފަށައިފިއެވެ.
މި އިންތިޙާނު ފެށީ މިއަދު ހެނދުނު 8:30ގައެވެ. މި އޮންނާނީ އިސްލާމް ޓްސްޓްގެ ކަރުދާސް އެކަކާއި ދޭކެވެ. މާދަމާ އޮންނާނީ ދިވެހިބަސް ކަރުދާސް އެކަކާއި ދޭކެވެ.
މި އިމްތިޙާން މި އަހަރު ގުރޭޑް ދިހައެއްގައި ކިޔަވަމުންދާ ހުރިހާ ކުދިން ހަދާނެއެވެ. މި އިމްތިޙާނު ބާއްވަނީ ގްރޭޑް 10 ގައި މިހާރު ކިޔަވާ ދަރިވަރުންނަކީ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 ގެ އާ ސިލަބަހަށް ގެނެވުނު ބަދަލާއެކު ފުރަތަމަ ފަހަރަށް އެސް.އެސް.ސީ އިމްތިޙާނު (ދިވެހި، އިސްލާމް) ހަދާ ދަރިވަރުންނަށް އެ އިމްތިޙާނު ކުރިއަށް ގެންދާގޮތާއި، އިމްތިޙާނު ކަރުދާސް އޮންނާނެ ގޮތް ދައްކައިދިނުމެވެ.
advertisment
ހިޔާލު