ފާދިއްޕޮޅު އިންޓަރ ސްކޫލް ޗެމްޕިއަންޝިޕް: ފުޓްބޯޅަ ޗެމްޕިއަންކަން އިފްތިތާހަށް، ހޭންޑްބޯޅަ ޗެމްޕިއަންކަން ޅ. އޭއީސީއަށް

ފާދިއްޕޮޅު އިންޓަރ ސްކޫލް ޗެމްޕިއަންޝިޕްގެ ފުޓްބޯޅައިގެ ޗެމްޕިއަންކަން މަދަރަސަތުލް އިފްތިތާޙްއަށް، ހޭންޑްބޯޅައިގެ ޗެ ޗެމްޕިއަންކަން ޅ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދައިފިއެވެ.

ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މެޗުން އިފްތިތާހުގެ ޓީމް މޮޅުވީ، އޮޅުވެލި ފުށީ ސްލޫލާ ވާދަކޮށް 2-3 ގެ ތަފާތަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔާކީ އިފްތިތާޙުގެ ޖޯޒީ ނަމްބަރު 10 ހަސަން ހައިޝަން އަޙްމަދެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު އަންހެން ކުދިންގެ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައ ޅ. އަތޮޅު ތަޢުލީމީ މަރުކަޒު މޮޅުވީ ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙްއާ ވާދަކޮށް 4-18 ގެ ބޮޑު ތަފާތަކުންނެވެ.

މި މެޗްގެ މޮޅު ކުޅުންތެރިޔަކީ ޅ. އޭއީސީގެ ޖޯޒީ ނަމްވަރު 69 އައިޝަތު ނަސްމާ މުޙައްމަދެވެ.

މި މުބާރާތުގެ ފެއަރޕްލޭ ޓީމަކީ ޅ. އަތޮޅު މަދަރުސާއެވެ.

މި މުބާރާތުގައި ބައިވެރިވީ ހަތަރު ސްކޫލަކުންނެވެ. އެއީ އެއީ ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙްއާއި ކުރެންދޫގައި ހުންނަ އަތޮޅު  މަދަރުސާއާއި އަދި އޮޅުވެލިފުށި ސްކޫލުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *