މާލޭސަރަޙައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުގެ މަތީން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކުރިއަށް އޮތް ދެ ހަފްތާއަށް މާލޭ ސަރަޙައްދުގެ ސުކޫލްތަކުގެ ގްރޭޑް 1 އިން 6 އެއްގެ ކިޔެވުން މެދުކަނޑާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސްކޫލަށް ގެންގޮސްގެން ކިޔަވައި ނުދިން ނަމަވެސް ގުރޭޑް އެކަކުން ފެށިގެން ހައެއްގެ ދަރިވަރުންނަށް އޮންލައިންކޮށް ކުލާސްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
advertisment
ހިޔާލު