ފާދިއްޕޮޅު އިންޓަރސްކޫލް ޗެމްޕިއަންޝިޕް: ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އިފްތިތާޙްއާއި އޮޅުވެލި ފުށީ ސްކޫލް، ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލަށް އިފްތިތާޙްއާއި ޅ. އޭއީސި
ފާދިއްޕޅު އިންޓަރސްކޫލް ޗެމްޕިއަންޝިޕްގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މަދަރަސަތުލް އިފްތިތާޙްއާއި އޮޅުވެލިފުށި ހިނގެއްޖެއެވެ. އަންހެން ދަރިވަރުންނަށް ކުރިއަށް ގެންދާ ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަ ކުރަނީ ހިފްތިތާޙްއާއި ޅ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ފައިނަލް މެޗް ކުޅޭނީ ހުކުރު ދުވަހުގެ ހަވީރާއި ރޭނގަޑުއެވެ. ހަވީރު ކުޅޭނީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަނެވެ. ރޭގަނޑު ކުޅޭނީ ހޭންޑް ބޯޅަ މުބާރާތުގެ ފައިނަލެވެ.
މި މުބާރާތުގައި ބައިވެރިވީ ހަތަރު ސްކޫލަކުންނެވެ. އެއީ އެއީ ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒާއި ނައިފަރުގައި ހުންނަ މަދަރަސަތުލް އިފްތިތާޙްއާއި ކުރެންދޫގައި ހުންނަ އަތޮޅު މަދަރުސާއާއި އަދި އޮޅުވެލިފުށި ސްކޫލުންނެވެ.
advertisment
ހިޔާލު