ސަރުކާރު ސްކޫލުތަކަށް އިސްލާމިކް މިނިސްޓްރީއިން ވިހި ހާސް މުސްހަފު ހަވާލުކޮށްފިއެވެ.
މި މުސްހަފްތައް މިއަދު އެޑިއުކޭޝަން މިނިސްޓްރީ އާއި ހަވާލުކޮށްދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ. އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މުސްހަފުތަކާއި ހަވާލުވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީއެވެ.
މި މުސްހަފުތަކަކީ ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންކުރުމަށް ހަދިޔާކުރެވުނު މުސްހަފުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މިނިސްޓްރީގެ ފަރާތުން އަބަދުވެސް ދިވެހި ރައްޔިތުންނަށް އަންނަނީ މުސްހަފު ހަދިޔާކުރަމުން ކަމަށް. މިގޮތުން މިވަގުތުވެސް މިނިސްޓްރީގެ ފަރާތުން ކީރިތި ގުރުއާނުގެ އިނގިރޭސި ތަރުޖަމާ އަދި މުސްހަފު ލިބޭނެ ކަމަށް މިނސްޓްރީން މައުލޫމާތު ދެއެވެ.
advertisment
ހިޔާލު