ކިޔެވުން މެދުކެނޑުމާ ގުޅިގެން ، މަޑިފުށީ ސްކޫލްގެ އާ އިމާރާތުގައި ކިޔެވުން ކުރިއަށް ގެންދާނެ އިންތިޒާމް ހަމަޖައްސަނީ

މި މަހުގެ ހަތަރު ވަނަ ދުވަހާއި، ފަސްވަނަ ދުވަހު ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކާ ގުޅިގެން ތ. މަޑިފުށީ ސްކޫލްގެ ކިޔެވުން މެދުކެނޑިފައިވާތީ، އެ ސްކޫލްގެ އާ އިމާރާތުގައި ދެ ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ބުނީ ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެ ސްކޫލްގެ މެނޭޖްމަންޓާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުން ލިބުމާ ގުޅިގެން ބޭނުންވާ ސާމާނު ފޮނުވުމާއި، ލިބުނު ގެއްލުންތައްބަލައި، އެކަންތައްތަކުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ.

ވިއްސާރައާ ގުޅިގެން ބުރާސްފަތި ދުވަހުން ފެށިގެން މަޑިފުށީ ސްކޫލް ވަނީ ބަންދުކޮށްފައެވެ. ވާރޭވެހި ސްކޫލަށް ފެން ވަނުމުގެ ސަބަބުން ސްކޫލު އޮފީސް އިމާރާތުގެ ތެރޭގައި ހުރި ހިފާގެންގުޅޭ ސާމާނުތައް ހަލާކުވެ ނެޓްވޯކަށް ވަނީ މައްސަލަޖެހިފައެވެ.
ކިޔެވުން ނުފެށި ލަސްވާ މައްސަލައިގައި އެ ސްކޫލްގެ ބެލެނިވެރިން ވަނީ މިއަދު އިހުތިޖާދުވެސް ކޮށްފައެވެ.

ދަރިވަރުންގެ އުނގެނުމާއި، ރައްކާތެރިކަމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެ މުހިންމުކަންދޭ ކަންތައްތަކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *