ގުރޭޑް 3ން 9ގެ ދަރިވަރުންނަށް އަމާޒުކޮށް " ބީ އިންޓަރނެޓް އޯސަމް" ކޯސް އިފްތިތާހް ކޮށްފި

ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާ ބެހޭ ގޮތުން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3އިން 9ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ހިންގާ " ބީ އިންޓަރނެޓް އޯސަމް " ކޯސް މިއަދު އިފްތިތާހް ކޮށްފި.
މި ކޯސް އިފްތިތާހްކުރީ އޮންލައިންކޮށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްކޫލްތަކުގެ ދަރިވަރުންނަށް މި ކޯސް ކުރިއަށް ގެންދާނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުންނެވެ. މިއަދުގެ ޙަފްލާގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ އިންޓަރނެޓްގެ ފައްސި ފަރާތެއްވާ ފަދައިން އިންޓަރނެޓްގެ އަދިރިފަރާތެއްވެސްވާ ކަން ފާހަގަކުރައްވާފައި. އަދި ދިރިއުޅުމުގައި މިހާބޮޑަށް ބޭނުންޖެހިފައިވާކަމެއްގައި މިހާރަށްވުރެ ރައްކާތެރިގޮތެއްގައި އިންޓަރނެޓް ބޭނުންކުރެވޭނެ ގޮތްގޮތަށް ބަލަންޖެހޭ ކަމަށާއި، ވަކިން ޚާއްސަކޮށް ކުޑަކުދިން އިންޓަރނެޓްގެ އަދިރިފަރާތުން ސަލާމަތްކުރުމަށް އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި.
މި ކޯސް ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 3އަކުން 9އަކާ ދެމެދުގެ ހުރިހާ ދަރިވަރުން ފުރިހަމަ ކުރާނެއެވެ.

މި ޙަފްލާގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމަށް އަހުލުވެރި ކުރުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީ، ޔުނިސެފް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން، ހިންގުމަށް ހަމަޖެހިފައިވާ "ސައިބަރ ސްމާރޓް"ކެމްޕެއިންގެ ޕޯސްޓަރާއި ޓްރެއިލަރ ވެސް ލޯންޗްކޮށް ދެއްވާފައެވެ.

މި ކެމްޕެއިން އަކީ ސްކޫލް ކުދިން ކިޔެވުމަށާއި އެހެން ބޭނުންތަކަށް ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

މި ކެމްޕެއިންގެ ދަށުން ކުދިންނާއި ބެލެނިވެރިންނާއި ޓީޗަރުންނަށް، އިންޓަރނެޓް ސޭފްޓީއާއި އޮންލައިން ލަރނިންގް ފަދަ މައުލޫއާއިގުޅޭ މަޢުލޫމާތު، ޕޯސްޓަރ، ވީޑިއޯ އަދި އެހެނިހެން ގޮތްތައް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ހިއްސާކުރެވިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *