ތާޖުއްދީން ސްކޫލްގެ 32 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ލޭ ހަދިޔާ ޕްރޮގްރާމެއް އެ ސްކޫލުން ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ތާޖުއްދީން ސްކޫލްގެ މީޑިއާ ކޯރޑިނޭޓަރ އަދި ލީޑިންގ ޓީޗަރ އިބްރާހީމް ޝާކިރު ވިދާޅުވީ ލޭ ހަދިޔާކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމުގެ އެންމެ ބޮޑު މަގުޞަދަކީ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ދުވަސްވަރެއްގައި ލެޔަކީ އިންސާނިއްޔަތަށް މުހިއްމު އެއްޗަކަށްވާތީވެ ލޭހޯދުމުގެ ފަސޭހަ ފުރުޞަތެއް ފަހިކޮށްދިނުންކަމަށެވެ.
"މިފަދަ ހައްސާސް ދަނޑިވަޅެއްގައި އަޅުގަނޑުމެން އެބަޖެހޭ ލޭ ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން. ދަރިވަރުންނަށް ރަނގަޅު މެސެޖެއް ދިނުމުގެ ގޮތުން ވެސް ސްކޫލުތަކުން މިފަދަ ހަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއްކަމުގައި ދެކެން. އޭގެ ސަބަބުން މުސްތަގުބަލުގައި ވެސް މިފަދަ ކަންކަން ކުރުމަށް ކުދިން ޝައުގުވެރިކަން ހުންނާނެ. ތެލެސީމިއާ ސެންޓަރުގައި އިއްޔެ ފެށި މި ޕްރޮގްރާމްގައި ތާޖުއްދީން ސްކޫލުގެ މުވައްޒަފުންނާއި، ބެލެނިވެރިންނާއި ސްކޫލުގެ އިސްދަރިވަރުންގެ ފަރާތުން ވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންދިޔަކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
އިބްރާހީމް ޝާކިރު އިތުރަށް ވިދާޅުވީ ސްކޫލަކުން އިސްނަގައިގެން އެފަދަ ކަމެއް ކުރީތީ ތެލެސީމިއާ ސެންޓަރުންވެސް އެކަން ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަމަށާއި އެބޭފުޅުންގެ ފަރާތުންވެސް ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިގެންގޮސްފައިވާކަމަށެވެ.
advertisment
ހިޔާލު