އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއެކު މާޅެންދޫ ސްކޫލަށް " ބެލެނިވެރިންގެ ހިޔާއެއް"

ނ.މާޅެންދޫ ސްކޫލުގެ ގޯތިތެރޭގައި ހަދާ ބެލެނިވެރިންގެ ހިޔާ މަސައްކަތްތައް ނިންމާލައިފިއެވެ.

މިކަމާ ގުޅޭގޮތުން މާޅެންދޫ ސްކޫލުގެ ޕްރިންޝިޕަލް ޔޫސުފް އާދަމް ވިދާޅުވީ މި ހިޔާއަކީ ދަރިވަރުން ސްކޫލު ދޮށަށް ބަލައި ބެލެނިވެރިން އައިސް މަޑުކޮށްލުމަށްޓަކައި ހެދި ހިޔާއެއް ކަމަށެވެ. މިކަމުގެ ސަބަބުން ބެލެނިވެރިންނަށާއި ދަރިވަރުންނަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

" ދަރިވަރުން ބަލައި އައިސް ބެލެނިވެރިން މިތިބެއްޖެހެނީ އަވީގައި. މިހިޔާގެ ސަބަބުން އެކަމަށް ހައްލެއް ލިބޭނެ" ޔޫސުފް ވިދާޅުވިއެވެ.

ޔޫސުފް އާދަމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ބެލެނިވެރިންގެ ހިޔާ ތަރައްޤީ ކުރުމަށްޓަކައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިހިޔާއަކީ އެމްޑަބްލިޔުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ތަރައްގީ ކޮށްފައިވާ ހިޔާއެކެވެ.

ބެލެނިވެރިންގެ ހިޔާ ހެދުމުގައި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށް ޕްރިޝިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *