ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް އިމާރާތް ކުރަން އަމިން ކޮންސްޓްރަކްޝަނަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލު އިމާރާތް ކުރުމަށް އަމިން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ. އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 118 މިލިއަން ރުފިޔާއަށެވެ.

"ސަލާހުއްދީން ސްކޫލު" ގެ ނަމުގައި އެ ސްކޫލް އިމާރާތް ކުރަން އަމިން އިން ނިންމާފައި ވަނީ 390 ދުވަހުގެ ތެރޭގައެވެ. މި މަސައްކަތް ނިންމައިލުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އަމިން ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ ޑިރެކްޓަރު މުހައްމަދު އިރުފާނެވެ.

މިއީ، މިދިޔަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތް ކުރަން ހަމަޖެއްސި ސްކޫލެކެވެ. މި އަހަރަށް އެ މަސައްކަތް ލަސްކުރީ ކޮވިޑުގެ ސަބަބުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ މާޗު މަހުގެ ފަހުކޮޅު ސްކޫލު މަސައްކަތް ނިމޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި 14 ސްކޫލެއް އިމާރާތް ކުރާނެ ބިން ކަނޑައަޅައިފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *