ރަސްގެތީމް ސްކޫލުގެ ގޯތިތެރޭގައި ހަދާ ވޯކްވޭގެ މަސައްކަތް ނިންމާލައިފި

ރަސްގެތީމް ސްކޫލުގެ ގޯތިތެރޭގައި ހަދާ ވޯކްވޭ އަށް ވެލި އެޅުމުގެ މަސައްކަތް ފޯރި އާއެކު ކުރިއަށް ގެންގޮސް މިއަދު ނިންމާލާފިއެވެ.

މިކަމާ ގުޅޭގޮތުން އެ ސުކޫލްގެ ޕްރިންސިޕަލް ޢަބްދުލް މޫމިން ނަސީރު ވިދާޅުވީ އެމަސައްކަތުގައި ފިރިހެން ބެލެނިވެރިންގެ އާދަޔާ ރޫޙެއް މިއަދު ފެނިގެން ދިޔަކަމަށާއި ތިން ދުވަހަށް މަސައްކަތް ބަހާލައިގެން ކުރިއަށް ގެންދަން ރޭވި ނަމަވެސް އެބޭފުޅުންގެ މަސައްކަތަން ވެލި އަޅަންޖެހޭ ހުރިހާ ހިސާބަކަށް ވެލި އަޅާ ނިންމާލާފައިވާކަމަށެވެ.

އިއްޔެ ހެނދުނު 8 ޖަހާއިރު މަސައްކަތް ފެށީ ސްކޫލުގެ މުވައްޒަފުންގެ ފަރާތުން ދެއްވި ހެނދުނުގެ ސަޔަކަށްފަހު ކަމަށާއި މެންދުރުގެ ކެއުމާއި ހަވީރު ސައިގެ ކަންކަން އިންތިޒާމްކުރުމުގައި ބެލެނިވެރިންނާއި މުވައްޒަފުންގެ އިސް ދައުރެއް ފެނިގެން ދިޔަކަމަށް ޕްރިންސިޕަލް ފާހަގަ ކުރެއްވިއެވެ.
އިޖްތިމާއީ ކަމެއް ކަމުގައި ދެކި ސީދާ ޕީޓީއޭ އިން ފަންޑުކޮށްގެން ހަދާ މި ވޯކްވޭގެ މަސައްކަތް ޖުމްލަ ތިން ބަޔަކަށް ބަހާލާއިގެން ކުރިއަށް ގެންދާއިރު ބަގީޗާގެ ފާރުކޮޅުގެ ރޭނުމުގެ މަސައްކަތް ނިންމާ ވެލި އަޅާ ނިންމާފައިވާއިރު މި އަންނަ ހަފްތާގައި ވޯކްވޭގައި ގާ އެތުރުމުގެ ކަންކަން ފަށޭނެކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ވޯކްވޭގެ މަސައްކަތް ކާމިޔާބު ކަމާއެކު ނިންމާލުމަށްޓަކައި މަސައްކަތް ކޮށްދެއްވާ ފަރާތްތަކަށް ވަކިން ޚާއްސަކޮށް ފިރިހެން ބެލެނިވެރިން، ސްކޫލުގެ މުވައްޒަފުން، ޕީޓީއޭގެ ނައިބު ރައީސާ، ހަޒާންދާރު އަދި ސްކޫލުގެ ފަރާތުން ކަނޑައަޅުއްވާފައިވާ ކޯރޑިނޭޓަރގެ އިސްނެގުމާއި ހިތްވަރު ފާހަގަކުރައްވާ ރަސްގެތީމް ސްކޫލުގެ ޕްރިންސިޕަލް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *