އަންނަ މޭ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަން އިނގިރޭސި ވިލާތުގެ ޕިއަރސަންއިން ނިންމައިިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ މޭ ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަން ޕިއަރސަންއިން ނިންމާފައިވާ ކަމަށާއި، އެ އިމްތިހާނު ތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް، މި ހިނގާ ފެބުރުއަރީ މަހުގެ 22 ގައި އިނގިރޭސިވިލާތުގެ "އޮފްކޮލް" އިން އިޢުލާނު ކުރާނެ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭ.އެސް!އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެކަމަށެވެ. މި ނިންމުމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކުރިޔަށް ގެންދާ އޭ.އެސް އޭ ލެވެލް ގެ
އެޕްލިކޭޝަން މަރުޙަލާ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިހާރު ތާވަލުކުރެވިފައިވާ ގޮތަށް މިކަންކަން ކުރިއަށް ގެންދަވަނޭ ކަމަށެވެ. އަދި " އޭ.އެސް!އޭ ލެވެލް އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުވަމުން ދިޔަ ގޮތަށް އެއްވެސް
ބަދަލެއް ނުގެނެސް، ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކަށާއި އަމިއްލަގޮތުން އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިރާއްޖެއިން މި އިމްތިޙާންގައި ބައިވެރިވާ ފަރާތްތަކުގެ އެސެސްމެންޓް ކުރިއަށްގެންދެވޭނެ އިތުރުގޮތެއް އޮތްތޯ ބެލުމަށް މިހާރު ދަނީ އެޑެކްސެލްއާ އެކު މަޝްވަރާ ކުރެވެމުން ދާކަމަށާއި، އަދި މި މަޝްވަރާގައި ދަރިވަރުންނާއި، ސްކޫލްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދާނެ ވާހަކަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު