ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ކޮވިޝިލްޑް ވެކްސިން ޖަހަން ދިވެހިރާއްޖޭގައި މިއަދު ފަށާފައިވާއިރު އެ ވެކްސިން ޖެހި ފުރަތަމަ މުދައްރިސަކަށް އަމީނިއްޔާ ސްކޫލްގެ ސައިންސް ޓީޗަރު މުޙައްމަދު ނަޖްމީ ވެއްޖެއެވެ.
ވެކްސިން ޖެހުމަށްފަހު ދަރިވަރު އެމްވީ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ނަޖްމީ ވިދާޅުވީ ވެކްސިން ޖަހަން ލިބުނު ފުރުޞަތަކީ އަމީނިއްޔާ ސްކޫލުގެ ހުރިހާ މުދައްރިސުންގެ ތެރެއިން ލިބުނު ފުރުޞަތެއް ކަމަށާއި އެންމެ ފުރަތަމަ އެ ފުރުޞަތުގެ ބޭނުން ހިއްޕެވީ މުޖުތަމައުއަށް ކަމުގެ މުހިންމު ކަމާއި ދަރިވަރުން ވެސް ވެކްސިން ޖެހުމަށް ބާރު އެޅުމުގެ މާތް މަގްޞަދުގައެވެ.
ނަޖްމީ އިތުރަށް ވިދާޅުވީ ކޮންމެ ވެކްސިނަކީވެސް އޭގެ ޒާތުގައި ސައިޑް އެފެކްޓްސް އެކުލެވޭ އެއްޗެއްކަމުން އެފަދަ ކަންތައްތަކެއް ކުރިމަތިވި ނަމަވެސް ޙާލު ރަނގަޅުކަމަށެވެ.

" އާންމުކޮށް ދިމާވާ ހުންހައުމާއި ގައިގައި ރިއްސުން ކަހަލަ ދިމާވީ. އެނޫން އިތުރު ކަމެއް ނުވޭ" ނަޒްމީ ވިދާޅުވިއެވެ.
އަދި ދިވެހިންގެ ތެރޭގައި ވެކްސިނާ ގުޅޭ ގޮތުން ދެކެވޭ ހުރިހާ ވާހަކަތަކަކީ އެންމެ ތެދު މައުލޫމާތު ނޫންކަމަށާއި ނަޖްމީ މި ވެކްސިން ޖެހުމުގައި އިސްނެގީ ދިރާސާތަކެއްވެސް ކުރުމަށްފަހުގައި ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ވީވަރަކުން ވެކްސިން ޖަހާ ކޮވިޑްގެ ނުރައްކަލުން ސަލާމަތްވެ ތިބެވޭނެ މަގުތައް ހޯދުމަށް ނަޖްމީ ވަނީ ހުރިހާ މުދައްރިސުންނަށް އިލްތިމާސްކުރައްވާފައެވެ.
ކިޔަވައިދިނުމުގެ ދާއިރާގައި ފަސް އަހަރު ހޭދަކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަތަރު އަަހަރު ކިޔަވައިދެއްވީ އަމީނިއްޔާ ސްކޫލްގައެވެ.
advertisment
ހިޔާލު