މުކުރިމަގު ސްކޫލުގައި ރީޑިންގ ޕާރކެއް ހަދަންފަށައިފި

ގަމު އެކުވެރި މަސްވެރިންގެ ޖަމިއްޔާގެ އެހީތެރިކަމާއެކު މުކުރިމަގު ސްކޫލުގައި ހަދާ ރީޑިންގ ޕާކްގެ މަސައްކަތް އަލުން ފަށައިިފިއެވެ.

ގަމު ސްކޫލުން ބުނީ ކޯވިޑް 19 އާ ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު ޕާރކް އެއްކޮށް ނިންމާލުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަަމަށެވެ.

ރީޑިންގ ޕާކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ޝަރީފް ވިދާޅުވީ ދަރިވަރުން ފޮތްކިޔުމަށް ވަކި ޚާއްސަ ލައިބްރަރީ އެއް ނެތުމުން، އައްޓް ޑޯރ މާހައުލެއްގައި ހިތްހަމަޖެހޭ މާހައުލެއްގައި ތިބެގެން ފޮތްކިޔޭނެ މަގު ތަނަސްކޮށްދިނުމުގެ މަގުޞަދުގައި ކުރަންފެށި މަސައްކަތް މިހާރު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ދާކަމަށެވެ. އެގޮތުން މިހާރު ކުދިން ތިބޭނެ ބެންޗުތަކުގެ މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށް ދަނީ ބެޑްފާރު ހެދުމުގެ މަސައްކަތް ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އެއްފަހަރާ ޖުމްލަ 40 ދަރިވަރުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ރީޑިންގ ޕާކުގެ މަސައްކަތް ނިންމާ މިފެށޭ ހަފްތާގެ ތެރޭގައި ތަނުގެ ބޭނުންކުރަން ފެށޭނެކަމަށް އެ ސުކޫލުން މައުލޫމާތުދެއެވެ.

މަސްވެރިންގެ ޖަމިއްޔާ އަދި ޕިޓީއޭގެ މެމްބަރުންގެ ބޮޑު އެހީތެރިކަމެއް އެކަމަށް ލިބެމުންއަންނާތީވެ ސްކޫލުގެ މެނޭޖްމަންޓުންވަނީ އެކަން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *