ފޯކައިދޫ ސްކޫލަށް 12 ކުލާސްރޫމް އިތުރުކުރަނީ

ށ. ފޯކައިދޫ ސްކޫލަށް 12 ކުލާސްރޫމް އިތުރުކޮށް، މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ޑުޕްލެކްސް ޕްރައިވެޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަސްލަމެވެ.
އެޑިއުކޭޝަން މިނިސްޓްރީ ބުނީ 17.9 މިލިއަން ރުފިޔާ މި މަސައްކަތަށް ޚަރަދުވާއިރު، އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކުލާސްރޫމްތަކާއި ހޯލް ބޭނުން ކުރެވޭވަރުވާނެ ކަމަށެވެ.

2019 އަހަރުގެ ޕީއެސްއައިޕީ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތުގެ ދަށުން މަލްޓި ޕަރޕަސް ހޯލް އިމާރާތް ކުރާނީ ދެ ބުރިއަށެވެ. މި މަސައްކަތް ނިންމަން ޑުޕްލެކްސްއިން ހުށަހަޅާފައި ވަނީ 210 ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *