ކޮވިޑާ ގުޅިގެން ބަންދުކޮށްފައިވާ ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް އަލުން ހުޅުވުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ދީފިއެވެ.
ދިހަމަހަށްފަހު ސްކޫލްތަކުގައި ހުރިހާ ގުރޭޑްތަކަށް ކިޔަވައިދޭން ފަށާފައިވާއިރު، ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހުޅުވަން ހުއްދަދިނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދޭން ޝަރުޠުކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ " ޤުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ހިންގަންވާނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އެންމެހާ އުސޫލުތަކާއި މިންގަނޑުތަކަށް ފެތޭގޮތަށް، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު" ކަމަށެވެ.
ކޮވިޑްއާ ގުޅިގެން ފެބުރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންދުކުރި ސްކޫލްތައްވެސް ހުޅުވީ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. މާލޭގެ ސްކޫލްތަކުގެ ހުރިހާ ކުދިންނަށް ކިޔަވައިދޭން ފެށީ މި މަހުގެ ދިހަ ވަނަ ދުވަހުން ފެށިގެންނެވެ. އޭގެ ކުރިން ގުރޭޑް 7ން މަތީގެ ދަރިވަރުންނަށް އައީ ކިޔަވައި ދެމުންނެވެ.
advertisment
ހިޔާލު