ސްކޫލްތަކަށް އަމާޒުކޮށް، ޕާލޭ އެއަރ ޗެލެންޖް ހަރަކާތް އިފްތިތާހުކޮށްފި

މިނިސްޓްރީ އޮފް އެޑިޔުކޭ ޝަނާއި ޕާލޭ މޯލްޑިވްސް ގުޅިގެން ސްކޫލްތަކުގައި ހިންގާ އެއާރ ޗެލެންޖް ހަރަކާތް މިއަދު މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ޢިފްތިތާހުކޮށްދެއްވައިފިއެވެ.

ސްކޫލް އެއަރޗެލެންޖުގެ މަގުސަދަކީ އިންޓަރސެޕްޝަން ނުވަތަ ވެށްޓަށް ދިޔަނުދީ ޕްލާސްޓިކު ހިފެހެއްޓުމުގެ އިތުރުން، ޕްލާސްޓިކު ބޭނުންކުރުން ހުއްޓުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އުފެއްދުންތެރިކަމުގައި އާ ފަރުމާތަކަށް ބަދަލުވުމުގެ މަސައްކަތްތައް ވެސް ކުރުމަށް ބާރުއަޅައި ހިތްވަރުދިނުމެވެ.
އެއަރޗެލެންޖް ހަރަކާތަކީ އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން މިއިން ކޮންމެ ކެޓަގަރީގެ ދަށުން އެއް އަހަރުދުވަހުގެ ތެރޭގައި ތަފާތު މަސައްކަތްތަކެއް ކޮށް ނިންމައި ރިޕޯޓުކުރުމުން ކަނޑައެޅިފައިވާ ޕޮއިންޓުތަކެއް ލިބެމުންދާގޮތަށް އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ. އެއަރޗެލެންޖުގައި ވަނީ ތިން މަރުހަ ލާއެކެވެ ފުރަތަމަ މަރުހަލާ ފުރިހަމަވާނީ 1025 ޕޮއިންޓު ހާސިލުވުމުންނެވެ. ދެވަނަ މަރުހަލާ ހާސިލުވާނީ 2050 ޖުމުލަ ޕޮއިންޓު ހޯދުމުންނެވެ. ތިންވަނަ މަރުހަލާގައި 5075 ޕޮއިންޓު ހޯދަންޖެހެއެވެ.

މިއިން ކޮންމެ މަރުހަލާއެއްގައި ކަނޑައެޅިފައިވާ ޕޮއިންޓް ސްކޫލްތަކުން ހާސިލްކުރުމުން، އެއަރޗެލެންޖްގެ އިނާމު ކެޓެލޮގުން އެ ސްކޫލަކުން ޚިޔާރުކުރާ އިނާމުތަކެއް ލިބޭނެއެވެ.
މިއަދު އިފްތިތާހްކުރެވުނު މި އެއާރ ޗެލެންޖް ހަރަކާތަކީ ޕާލޭގެ އެއާރ ސްޓްރެޓަޖީ އޮނިގަ ނޑުގެ ދަށުން 2015 އިން ފެށިގެން ރާއްޖޭގެ ގިނަ ސްކޫލްތަކެއްގައި ހިންގަމުން އަންނަ އެއާރ ސްކޫލް ޕްރޮގްރާމްގެ އާ ފިޔަވަޅެކެވެ.

އެއަރ ސްޓްރެޓަޖީއަކީ ކަ ނޑުވެށީގެ ދިރުން ހިމާޔަތްކުރުމަށާއި ތަޣައްޔަރުވުން ހުއްޓުވުމަށްޓަކައި އެވޮއިޑް، އިންޓަރސެޕްޓް، ރީޑިޒައިން، މި ތިން ކަމުގެ މައްޗަށް އެކުލަވާލެވިފައިވާ، ޕްލާސްޓިކު ބޭނުން ކުރުން ހުއްޓުމާއި އުކާލާ ޕްލާސްޓިކު ވެއްޓަށް ދިޔަނުދީ ހިފެހެއްޓުމާއި، ދިރިއުޅުމުގެ ވައްޓަ ފާޅިއާއި އުފެއްދުންތެރިކަމުގައި އާފަރުމާތަކަށް ބަދަލުވުމަށް އަމާޒުކޮށް މަސައްކަތްކުރުމުގެ އޮނިގަ ނޑެކެވެ.

2015 ގައި ފެށުނު އެއަރސްކޫލް ޕްރޮގްރާމް މިހާތަނަށް އަމާޒުކުރެވިފައިވަނީ ކުރިމަގަށް އެންމެ ބޮޑު ނުރައްކަލަކަށްވާ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ހިފެހެއްޓުން ނުވަތަ އިންޓަރސެޕްޝަނަށެވެ. މި ހަރަކާތް ވަނީ ވޭތުވި 3 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރި ފުޅާވެފައެ ވެ. މިގޮތުން ގޮނޑުދޮށް ސާފުކުރުމުގެ 250 ހަރަކާތް ހިންގިފައިވެއެވެ. އަދި އިންޓަރސެޕްޝަންގައި މިހާތަނަށް ބައިވެރިވެފައިވާ 133 ސްކޫލުން 56،815 ކިލޯ ޕްލާސްޓިކު ވެށްޓަށް ދިޔަނުދީ ރީސައިކަލްކުރަން ރާއްޖޭން ބޭރަށް ފޮނުވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *