ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުން ގޭގައި ބަންދުވެފައި ތިބި ދަނޑިވަޅުގައި ރިނބުދޫ ސްކޫލުން ކުރިއަށް ގެންދިޔަ 'މަގޭ ފަންނު ހޭވައްލާ' ޕްރޮގްރާމަކީ ހިންގުނު ވަރަށް ކާމިޔާބު ހަރަކާތެއްކަމަށް އެ ސުކޫލުން ބުނެފިއެވެ.
'މަގޭ ފަންނު ހޭވައްލާ' އާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ރިނބުދޫ ސްކޫލުގެ މީޑިއާ ކޯރޑިނޭޓަރ ޙުސެއިން ރަޝީދު ވިދާޅުވީ އެއީ ދަރިވަރުންގެ ހުރި ތަފާތު ހުނަރުތައް ދެއްކުން ހުއްޓިފައިވާތީ އެ ހުނަރުތައް ދެނެގަތުމަށާއި ކުރިއެރުވަށް ހިންގުނު ޕްރޮގްރާމެއްކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރ އަދި އޮކްޓޯބަރ މަހު ކުރިއަށް ގެންދިޔަ ހޭވައްލާ ޕްރޮގްރާމް ސެޕްޓެމްބަރ މަހު އަމާޒު ކޮށްފައިވަނީ އަދަބީ ރޮނގުން ކުދިންގެ ހުރި ހުނަރުތައް ދެއްކުމަށެވެ. އެގޮތުން އެއްމަސް ދުވަހަށް ކުރިއަށް ގެންދެވުނު އެ ހަރަކާތުގައި ދަރިވަރުންގެ ފަރާތުން ރައިވަރު، ބަނދި، ފަރިހި އަދި ޚަބަރު ކިޔުންފަދަ ހުނަރު ކުދިންގެ ފަރާތުން ވަނީ ފެނިގެންގޮސްފައެވެ. މީގެއިތުރުން އޮކްޓޯބަރ މަހު ޚާއްސަ ކޮށްފައިވަނީ ދީނީ ހުށަހެޅުމެއް ދެއްކުންކަމަށާއި އެފަހަރު ކުދިންގެ ފަރާތުން ގުރުއާން ކިޔެވުމާއި ބަންގިގޮވުމާއި، ގުރުއާން ތަރުޖަމާ، މަދަހަ އަދި ޚުތުބާ ކިޔުން ފަދަ ހުނަރުތައް ވަރަށް ފުރިހަމައަށް ފެނިގެންގޮސްފައިވާ ޙުސެއިން ރަޝީދު ވިދާޅުވިއެވެ.
ޖުމްލަ ކޮށް ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލާ އޮންލައިންކޮށް ވީޑީއޯ ފޮނުވައިގެން ކުރިއަށް ގެންދެވުނު މި ޕްރޮގަރާމްގައި ކުދިންގެ ހުރި ހުނަރުތަކާ ގުޅޭ ގޮތުން އެކުދިންނަށް ރަނގަޅު ފީޑްބެކް އެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ކުދިންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި އެކަންކަމަށް އިތުރަށް ޝައުގު އުފެދިފައިވާކަމަށް އެ ސުކޫލުން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަނަ ނުހޮވިނަމަވެސް ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް އިނާމު ދިންކަމަށާއި މުޅި އިވެންޓު ރާވާ ހިންގުމުގައި ދަރިވަރުންގެ ޖަމިއްޔާގެ ފަރާތުން މާލީ ގޮތުން އެހީތެރިކަން ލިބިފައިވާކަމަށް އެ ސުކޫލުން ބުނެއެވެ. ކާމިޔާބު ކަމާއެކު އެފަދަ ބޮޑު ހަރަކާތެއް ނިންމާލެވެމުން ސްކޫލްގެ ޕްރިންސިޕަލް، ބެލެނިވެރިން، ދަރިވަރުންގެ ޖަމިއްޔާ އަދި އެންމެހާ މުވައްޒަފުންނަށް ޝުކުރު އަދާކުރަމުން މީޑިއާ ކޯޑިނޭޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް މާ ފުރިހަމަ ހަރަކާތްތައް
ހިންގުމަށް ރާވަމުންދާކަމަށެވެ.
advertisment
2 Responses
ވަރައްސަޅި ހުސެންސޯ.
ދަރިވަރުންގެ ޖަމިއްޔާ "ތިލޭރު"ގެ ފަރާތުން ސެޕްޓެމްބަރ އިން ފެށިގެން މިހާރުވެސް ކުރިއަށްގެންދާ މި ހަރަކާތް ވަރަށް ފުރިހަމަ