ސަރުކާރު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ހުނަރާއި ގާބިލްކަން އިތުރުކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމްކުރައްވައިގެން ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމަކީ ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުން ހުނަރާއި ގާބިލްކަން އިތުރުކޮށް، ހުސްވި އަހަރުގެ އުނގެނުން ކުރިއަށްދިޔަ ގޮތާބެހޭ ގޮތުން ޚިޔާލު ބަދަލުކޮށް މަޝްވަރާ ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިމަހުގެ 12އިން 18އަށް ކުރިއަށްދިޔަ މި ޕްރޮގްރާމް އަތޮޅުތެރޭގެ ސްކޫލްތަކަށް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ސެޝަން ކުރިއަށް ގެންދިޔައީ އިސްކަންދަރު ސްކޫލުގައެވެ.
މި ޕްރޮގްރާމްގައި މަޢުލޫމާތުދެވުނު ބައިތަކުގެ ތެރޭގައި، ތަޢުލީމީ ދާއިރާގެ ޓާގެޓްތައް ހާސިލް ކުރުމަށް ދުރާލައި ސްކޫލްތަކުން ލަ ނޑުދަ ނޑި ކަނޑައަޅައި ތައްޔާރުވުމުގެ މުހިއްމު ކަމާއި ކޮވިޑް19އާއި ގުޅިގެން ސްކޫލްތަކުން ޢަމަލުކުރަމުންދާ ރައްކާތެރިކަމުގެ އުސޫލުތަކާއި ބެހޭގޮތުން ނާއި މީގެ އިތުރުން 2020ވަނަ އަހަރު ސްކޫލްތަކުގައި އުނގެނުމުގެ ކަންކަން ކުރިއަށްގެންދެވުނު ގޮތްތަކާއި ބެހޭގޮތުން ސްކޫލްތަކުގެ މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ.
މި ޕްރޮގްރާމްގެ ތެރެއިން، ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ސްކޫލްތަކުން އިތުރަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
advertisment
ހިޔާލު