ދެހާސް އެކާވީސް ވަނަ އަހަރަށް ސްކޫލްތައް ހުޅުވާ ކޮވިޑް އަށް ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއެކުވެސް 80 އިން ސައްތައަށްވުރެ މަތިން ދަރިވަރުން ސްކޫލްތަކަށް ހާޟިރުވެފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ސުކޫލެއްގެ ހާޒިރީ ވަރަށް ރަނގަޅުކަމަށާއި މާލޭގެ ބައެއް ސްކޫލުތަކުން ބައެއް ދަރިވަރުންނާއި ޓީޗަރުން ކޮވިޑަށް ޕޮޒިޓިވް ވި ނަމަވަސް އެ ސުކޫލުތަކުން މިހާތަނަށް އިތުރު ކްލަސްޓަރ ތައް ނުފެނުމަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވާކަން ކަމަށް މިހާރު ނޫހަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވެފައިވެއެވެ.
މުޖާހިދު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ކޮވިޑްގެ މި ހާލަތުގައި 80 އިންސައްތަ ދަރިވަރުން ހާޟިރުވެފައިވުމުން އެއީ ރަނގަޅު އަދަދެއްކަމަށާއި މާޅެއަށްވުރެ ރަށްރަށުގެ ހާޒިރީ ރަނގަޅެވެ. އެހެންކަމުން ސްކޫލްތަކާއި ބެލެނިވެރިންގެ އިތުބާރު އޮތްކަން އެޓެންޑެންސް އިން ދައްކުވައިދޭކަމަށް މުޖާހިދުވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ހުރިހާ ސުކޫލެއްގައިވެސް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާސްކުއެޅުމާއި ހުންބެލުމާއި ގައިދުރުކަން ބެހެއްޓުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
advertisment
ހިޔާލު